ރަސްމީ ދަތުރުފުޅެއްގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދުބާއީއަށް މިއަދު ފުރާވަޑައިގެންފިއެވެ.
މެޑަމް ސާޖިދާގެ މި ދަތުރުފުޅަކީ ހަތްވަނަ މާކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
އެމްއެފްއެފްއެލްއައި ސަމިޓަކީ އިޖުތިމާއީ އަދި ސިއްހީ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ހައްލު ހޯދުމަށް ފަސްޓް ލޭޑީސް، ސިއްހީ ލީޑަރުން، އަދި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި ތަޖުރިބާކާރުން އެއްބައިވެ ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ފޯރަމެކެވެ.
މި ސަމިޓުގައި އެފްރިކާ އަދި އޭޝިއާގެ ފަސްޓް ލޭޑީން ބައިވެރިވެވަޑައިގަންނަވާއިރު، މި ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމައިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ސަމިޓު އިފްތިތާހު ކުރުމުގެ ސެޝަނާއި ކޮމިޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. މި ތަގުރީރުތަކުގައި އިޖުތިމާއީ ގޮތުން ދިމާވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަތުމާއި، އަންހެން ކުދިންގެ ތައުލީމަށް ވަކާލާތުކުރުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، ހުނަރު މަދުވެފައިވާ ދާއިރާތައް ކުރިއަރުވައި، އިންސާނީ ވަސީލަތްތައް އިތުރުކުރުމަށް ވަކާލާތުކުރައްވާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފައި ވެއެވެ.
އަދި މީގެ އިތުރުން މި ސަމިޓުގައި މިދިޔަ އަހަރު ޓެންޒޭނިއާގައި ބޭއްވި "މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ"ގެ 11 ވަނަ އެޑިޝަނަށް ފަހު މާކް ފައުންޑޭޝަނާއެކު މިހާރު ކުރިއަށްދާ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރައީސް އޮފީހުން ބުނީ ސިއްހީ ޚިދުމަތުގެ މުހިންމު ދާއިރާތަކުން، ޚާއްސަކޮށް ދަރިމައިވުމާއި، އެމްބްރިޔޯލޮޖީގެ ދާއިރާއިން ހުނަރާއި އިލްމު އިތުރުކުރެއްވުމަށް، މާކް ފައުންޑޭޝަނާއެކު ހަރުދަނާ ގުޅުމެއް މެޑަމް އުފައްދަވާފައިވާ ކަމަށެވެ.
އަދި ދަރިމައިވުމާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ އިތުރުން ހަކުރު ބައްޔާއި ހައިޕަޓެންޝަނުން ރައްކާތެރިވުމަށް ވެސް ފައުންޑޭޝަނާ ގުޅިގެން އެކަމަނާ ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ

ކިޔުންތެރިންގެ ހިޔާލު