ރައީސް މުހައްމަދު ނަޝީދު، ފޮޓޯ: މަޖިލިސް
ރައީސް މުހައްމަދު ނަޝީދު، ފޮޓޯ: މަޖިލިސް
ސިޔާސީ ލީޑަރުންނަށް ބިރުދައްކާ، އެފަރާތްތައް ހައްޔަރު ކުރާ މަންޒަރެއް މިއަދު ފެނިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު އޮތް ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމަކީ ޑިމޮކްރެޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ގަރާރެއް ފާސްކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ. ގިނަ މެމްބަރުން މި ގަރާރަށް ތާއީދު ކުރިނަމަވެސް، ބައެއް މެމްބަރުން ވަނީ އެކަމާ ދެކޮޅު ހަދައި ވާހަކަ ދައްކާފައެވެ.

އެގޮތުން އެމްޑީޕީއާއެކު ފާއިތުވި އަހަރުތަކުގައި ކުރެވުނު މަސައްކަތުން ގައުމަށް ގެނެވުނު ހެޔޮ ބަދަލެއް ނެތް ކަމަށް ބުނެ ބައެއް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ގައުމުގައި އޮތް ހަމަޖެހުމަކީ އެ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން ސިޔާސީ ހުރިހާ ލީޑަރުންނަށް ވެސް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދެއްވަމާފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެއަށް އައިސްފައިވާ ހެޔޮ ބަދަލެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކުގައި ސިޔާސީ ވެރިންނާއި އިސް ފަރާތްތައް ޖަލުގައި ބަންދު ކޮށްފައި ވެއެވެ. އެގޮތުން ބަލާއިރު ރައީސް ސޯލިހްގެ ވެރިކަމުގައި ރައީސް ޔާމީން ހުންނެވީ ޖަލު ބަންދުގައެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް ނަޝީދާއި ރައީސް މައުމޫނާއި ގާސިމް އިބްރާހިމާއި ކާނަލް ނާޒިމްގެ އިތުރުން މިނޫނަަސް ގިނަ ސިޔާސީ ފަރާތްތައް ބަންދުކޮށްފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން