އިސްރާއީލާއި އީރާނާ ދެމެދުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، އަމާން ދޭން އެމެރިކާ ގޮވާލި ނަމަވެސް އީރާނުން އަމާން ނުދޭނެ ކަމަށް އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ޚާމަނާއީ ވިދާޅުވީ، އީރާނު އޮތީ އެއްވެސް ހާލެއްގައި ހަނގުރާމައިގައި ފަހަތަށް ޖެހި އަމާން ދީ ދޫ ދޭގޮތަށް ނޫން ކަމަށެވެ. އަދި މި ހަނގުރާމައިގައި އެމެރިކާ ބައިވެރިވެއްޖެނަމަ އެމެރިކާއަށް ވަރަށް ބޮޑަށް ގެއްލުން ވާނެ ކަމަށް ޚާމަނާޢީ ވިދާޅުވިއެވެ.
"އެމެރިކާއިން އަދި މި ސަރަޙައްދުގެ ސިޔާސަތު އެނގޭ ފަރާތްތަކަށް އެނގޭނެ، މި މައްސަލައިގައި އެމެރިކާ ބައިވެރިވުމަކީ އެކަމުގައި އެމެރިކާއަށް ގެއްލުންވާނެ ކަމެއްކަން އަދި އެމެރިކާއަށް ވަރަށް ބޮޑު އަނިޔާއެއް ލިބޭނެކަން،" ޚާމަނާއީ ވިދާޅުވިއެވެ.
ޚާމަނާއީ އިތުރަށް ވިދާޅުވީ، ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ އިރާނަށް ލިބިދާނެ ގެއްލުމަކަށްވުރެ މާ ބޮޑު ގެއްލުމެއް އެމެރިކާއަށް ލިބޭނެ ކަމަށެވެ.
އީރާނުން މި ހަނގުރާމައިން އަމާން ދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވުމާ ގުޅޭގޮތުން ޚާމަނާއީ ވިދާޅުވީ، އެއީ "ބުއްދި ހަމަނުޖެހޭ" ކަމެއް ކަމަށެވެ. އަދި އިތުރަށް އެވާހަކަތަކުގެ ސަބަބުން އިރާނުގެ ވިސްނުމަށް ނުވަތަ އަމަލުތަކަށް ބިރުދެއްކުމުގެ އަސަރެއް ނުކުރާނެ ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.
އީރާންގެ ލީޑަރު ހާމަނާއީ ވިދާޅުވީ އެމެރިކާ އިން އީރާނަށް ވައިގެ ހަމަލާތައް ދޭ ކަމުގައިވާ ނަމަ ސީރިއަސް، އަދި އަރައިނުގަނެވޭ ފަދަ ގެއްލުމެއް ދޭނެ ކަމަށެވެ. ޚާމަނާއީ ވިދާޅުވީ އިރާނާއި އިރާނުގެ ތާރީޚު އެނގޭ މީހުންނަށް ދުޝްމަނުން އެގޮތަށް ދޭ އިންޒާރަށް އިރާނުން ޖަވާބުދޭ ގޮތް އެނގޭނެކަމަށެވެ. ޚާމަނާއީ ވިދާޅުވީ އިރާނަށް ހަމަލާދިނުމުގައި އިސްރާއީލަށް އެމެރިކާއިން އެހީވަމުންދާ ދިޔުމަކީ އިސްރާއީލުގެ ބަލިކަށިކަން އަންގައިދޭ ކަމެއްކަމަށެވެ.
ޚާމަނާއީ ވަނީ އިރާނުގެ ރައްޔިތުން އެއްބައިވަންތަވުމަށްވެސް ގޮވާލައްވާފައެވެ.
ޚާމަނާޢީ މިހެން ވިދާޅުވެފައިވާއިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ޝަރުތެއް ނެތި ހަނގުރާމައިން އަމާން ދިނުމަށް ގޮވާލައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ދެމުންދާ ހަމަލާތަކުގައި ބައިވެރިވުމާމެދު ވިސްނަމުން ގެންދާކަމަށެވެ.
މި ހަނގުރާމަ ފެށުނީ އިސްރާއީލުން މިދިޔަ ހުކުރު ދުވަހު އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނުން އޭގެ ރައްދު ހަމަލާތައް ފެށުމުންނެވެެ. ހަނގުރާމަ އަށް ހަ ދުވަސް ވެފައިވާއިރު އީރާނާއި އިސްރާއިލުން ވެސް ގެންދަނީ ހަމަލާތަށް ބަދަލުކުރަމުންނެވެ.
މި ހަނގުރާމައިގެ ސަބަބުން ދެ ޤައުމުގެ މުހިންމު ސިޓީތަކަށް ބޮޑެތި ގެއްލުންތައް ލިބި، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ މަރުވެފައެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނުގެ ގާތްގަނޑަކަށް 224 މީހުން މަރުވެފައިވާއިރު، އިސްރާއީލުގައި 24 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު