ދަރިމައިވުމާ ގުޅޭ ތަމްރީނު ސްކޮލަރޝިޕްތަކެއް، މެކް ފައުންޑޭޝަނާ ގުޅިގެން ދިވެހި ޑޮކްޓަރުންނަށް ދިނުމަށް ހަމަޖެހިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ސާޖިދާ މިހެން ވިދާޅުވީ، ދުބާއީގައި ކުރިއަށްދާ މެރކް ފައުންޑޭޝަން ފަސްޓްލޭޑީސް އިނީޝިއޭޓިވްގެ ހަތްވަނަ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެ ސަމިޓުގައި ދެއްކެވި ވާހަކަފުޅުގައި، ދަރިމައިވުމާއި އެމްބްރިއޮލޮޖީގެ ރޮނގުން ދިވެހި ޑޮކްޓަރުން ތަމްރީނު ކުރުމަށް މެރކް ފައުންޑޭޝަނުން ފުރުސަތު ފަހިކޮށްދެއްވަން ނިންމަވާފައިވާކަން ހާމަކުރައްވައި، އެކަމަށްޓަކައި އެ ފައުންޑޭޝަނަށް ސާޖިދާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ސާޖިދާވަނީ މެކް ފައުންޑޭޝަންގެ “މޯ ދެން އަ މަދާ” ކެމްޕޭންގެ އެމްބެސެޑަރަކަށް އެކަމަނާ ހަމަޖައްސަވާފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އޭގެ އިތުރުން ރާއްޖޭގައި އަންހެނުންނަށް މިހާރު މުހިންމުވެފައިވާ އެކި ދާއިރާތަކުން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށް ދިގު މުއްދަތުގެ ޓެކްނިކަލް ޕާޓްނާޝިޕްތައް ގާއިމުކުރުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި މުޖުތައުމުގެ ހޭލުންތެރިކަން އިތުރުކުރުމާއި ކެންސަރު ސްކްރީނިންގ އާއި ނަފްސާނީ ސިއްހަތާ ގުޅުންހުރި ހިދުމަތްތައް ރަނގަޅު ކުރުމާއި ސިއްހީ ދާއިރާގައި އަންހެނުންގެ އިސްނެގުން އިތުރު ކުރުމަށް އެހީތެރިވުމުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައިވެއެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ އެ ސަމިޓަކީ އެފްރިކާ އަދި އޭޝިއާގެ ގައުމުތަކުގެ ފަސްޓްލޭޑީން ބައިވައިވެވަޑައިގަންނަވާ ސަމިޓެކެވެ.

ކިޔުންތެރިންގެ ހިޔާލު