އިޖްތިމާއީ މައްސަލަތަކަށް ހާއްސަކުރައްވައިގެން ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އުފައްދަވައިފިއެވެ.
މި ޖަމިއްޔާ އުފެއްދެވިކަން އެކަމަނާ އިއުލާން ކުރެއްވީ މޭކް ފައުންޑޭޝަންގެ ފަސްޓް ލޭޑީސް އިނީޝިއޭޓިވް (އެމްއެފްއެފްއެލްއައި)ގެ ހަތްވަނަ ސަމިޓުގެ އިއްޔެ ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މެޑަމް ވިދާޅުވީ މި ޖަމިއްޔާ އުފެއްދެވީ މޭކް ފައުންޑޭޝަންގެ މަސައްކަތްތަކުން ހިތްވަރު ލިބިވަޑައިގެން ކަމަށެވެ.
އަދި މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި އެކަމަނާގެ އިސްނެންގެވުމުގެ މަތިން ހިންގަވާފައިވާ ހަރަކާތްތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވެސް ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ހިއްސާ ކުރެއްވިއެވެ.
އެހެންނަމަވެސް، އެ ޖަމިއްޔާއާ ގުޅޭ އިތުރު ތަފުސީލެއް އަދި އާންމުކޮށްފައެއް ނުވެއެވެ.
ހަތްވަނަ އެމްއެފްއެފްއެލްއައި ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މެޑަމް ސާޖިދާ މިއަދު ވަނީ އެނބުރި ރާއްޖެ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު