އައްޑޫ ސިޓީ ހިތަދޫގައި ފްލޯޓިންގ ރެސްޓޯރެންޓަކާއި ތީމް ޕާރކެއް ތަރައްޤީ ކުރުމަށް މިއަދު ޙަވާލުކޮށްފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނީ، އައްޑޫ ސިޓީ ހިތަދޫގައި ފްލޯޓިންގ ރެސްޓޯރެންޓަކާއި، އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ތީމް ޕާރކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައިވާ ކަމަށެވެ.
އެގޮތުން މިމަސައްކަތް ޙަވާލުކޮށްފައިވަނީ އީ.އޭ.ޖީ ފައިނޭންސް، މޯލްޑިވްސް ޓްރެވެލް ކްލަބަށެވެ.
ހިތަދޫގައި ފްލޯޓިން ރެސްޓޯރަންޓަކާއި ތީމެއް ޕާކެއް ގާއިމު ކުރުމަށް ކައުންސިލުން ބީލަމަށްލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެގޮތުން މި މަޝްރޫއަށް ހިތަދޫން ބިން ދޫކުރަން ނިންމާފައިވަނީ 20 އަހަރުގެ މުއްދަތަކަށެވެ.
މި ދެ މަޝްރޫޢުގެ އިތުރުން އައްޑޫ ސިޓީ މަރަދޫފޭދޫގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީ ކުރުމަށް ލިފްޓެޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށްވެސް މިއަދު ވަނީ ޙަވާލުކޮށްފައެވެ.
މިއީ، 45 ދުވަހުގެ ތެރޭގައި ނިންމުމަށް 381،030.21 ރުފިޔާއަށް ޙަވާލުކުރި މަޝްރޫޢެކެވެ.

ކިޔުންތެރިންގެ ހިޔާލު