ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން އުޅޭތީ އެކަމާއި ގުޅިގެން އެމެރިކާއިން އީރާނަށް އިންޒާރުދީފިއެވެ.
ހުރްމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ބާޒާރަށް ބޭރުކުރާ ތެލުގެ 40 އިންސައްތަ ދަތުރުކުރާ ކަނޑުއޮޅިއެވެ. އެ ކަނޑުއޮޅި ބަންދުކުރުން ވެގެންދާނީ ގަލްފުގެ ގައުމުތަކުން ތެޔޮ ބޭރުކުރުމަށް ގިނަ ވަގުތުތަކެއް ނަގައި އެކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވާނެ ކަމަކަށެވެ. ނަތީޖާއެއްގެ ގޮތުން ތެލުގެ އަގު ވަރަށް ބޮޑަށް ބޮޑުވާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ނަމަވެސް، އީރާނާއި އިޒުރޭލާ ދެމެދު ހިނގާ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމާ ގުޅިގެން މިހާރުވަނީ އެ ކަނޑުއޮޅި ބަންދުކުރަން އީރާނުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފައެވެ. އަދި އެކަން ތަންފީޒުކުރުަން މަޑުޖައްސާލާފައި އޮތީ ސުޕްރީމް ކައުންސިލުން އެކަމަށް ގޮތެއް ނުނިންމާތީކަމަށް ރިޕޯޓުތައް ބުނެއެވެ.
އީރާނުން ހުރްމުޒް ކަނޑުއޮޅި ބަންދުކުރަން މަސައްކަތް ފެށިކަން ހާމަވުމުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ، ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ ކަނޑުއޮޅި ބަންދުކުރުން ވެގެންދާނީ އީރާނުން ހަދާ ވަރަށް ބޮޑު ގޯހަކަށް ކަމަށެވެ.
އަދި އެކަން ހުއްޓުވަން އެމެރިކާއިން ކުރަންހުރި ހުރިހާ ކަމެއް ކުރާނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އެމެރިކާއާއި އީރާނާ ދެމެދު ގުޅުން ގޯސްވާ އެކި ފަހަރުތަކުގައި މި ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރު އީރާނުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު