ވިނަރެސް އެޕާޓްމަންޓްގައި ރޯވެފައި
ވިނަރެސް އެޕާޓްމަންޓްގައި ރޯވެފައި
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއްގައި މިއަދު ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.

އަލިފާން ރޯވީ، ހުޅުމާލެ ފޭސް 2ގެ ވިނަރެސް ފްލެޓްގެ 9 ބީ ބްލޮކްގެ 13 ވަނަ ފަންގިފިލާގެ، 6ވަނަ އެޕާޓްމަންޓުގައެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 07:41 ހާއިރު ކަމަށެވެ. އަދި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ އެޕާޓްމަންޓަށް ވަދެ، ރޯވި އަލިފާން ނިއްވާލި ކަމަށެވެ.

އެ ހާދިސާގައި އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކްބެޑެއްގެ ގޮދަޑިއެއް ވަނީ އަނދާފައެވެ. އޭގެ އިތުރުން، މުޅި އެޕާޓްމަންޓަށް ކަޅު ދުމުގެ އަސަރުކޮށް، ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށާއި އޭސީއަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.



އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށެެވެ.

ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން