ގަވާއިދާ ހިިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ސްރީލަންކާގެ ދެ މަސްބޯޓު އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަދެ ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ ދެ މަސްބޯޓު ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި މި ދެ ބޯޓު ހިފަހައްޓާފައިވަނީ އަސްކަރީ ޑްރޯން ބޭނުންކޮށްގެން ހޯދި މައުލޫމާތަކުންނެވެ.

ނަމަވެސް، މަސްބޯޓުތަކާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓުތަކާ މެދު ގާނޫނުގައިވާ ގޮތުގެމަތިން އަމަލު ކުރުމަށްޓަކައި ފުލުހުންނާ ހަވާލުކުރާނެކަމަށާއި ފުލުހުންނާ ހަވާލު ކުރުމަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން