2025 އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހާދިސާއާއި ގުޅިގެން އެކަން ތަހުގީގު ކުރުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ފުލުހުންގެ އިހުމާލުތަކެއް ފާހަގަކޮށްފައިވާތީ އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅުއަޅަން ރައީސް އަންގަވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، އެ މައްސަލާގައި ފުލުހުންގެ އިދާރާއާ ގުޅޭގޮތުން ފާހަގަވެފައިވާ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީއަށް މިއަދު ރައީސް އަންގަވާފައިވާކަމަށެވެ.
އެމަނިކުފާނު އެންގެވި ކަންކަމުގެ ތެރޭގައި ހިމެނެނީ؛
- ޙައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މަޢުލޫމާތު ލިބުމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މަޢުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުންކަމަށްވާތީ، އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަޙުޤީޤަށް ބޭނުންވާނެ ހެކި، ޤަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަމުން އެ މައްސަލަ ބެލުމަށް،
- ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަޙުޤީޤުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަޙުޤީޤަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވާތީ އެކަން ބެލުމަށް،
- ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާކަމަށާއި، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާތީ އެކަން ބެލުމަށް
،
- މައްސަލައިގައި އެންމެ މުހިންމު އެއް ތަންކަމުގައިވާ ޙައްވާ ޔުމްނު އޮތް ހ.މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައި ނުވާކަމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވާކަން ފާހަގަކުރެވޭތީ އެކަން ބެލުމަށް،
އެހެންކަމުން ރިޔާސީ ކޮމިޝަނުން އެ ރިޕޯޓްގައި ދިވެހި ފުލުހުންގެ ޚިދުމަތާގުޅޭ ގޮތުން ފާހަގަކޮށްފައިވާ އެ ކަންކަން ކުރިޔަށްއޮތްތަނުގައި ތަކުރާރުވިޔަނުދިނުމަށް ޓަކައި، ފުލުހުންގެ އެސް.އޯ.ޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށް ރައީސް ވަނީ ހޯމް މިނިސްޓްރީއަށް އަންގަވާފައެވެ.
އަދި މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާމެދުގައި އިޞްލާޙީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާއި އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް އަންގަވާފައިވެއެވެ.
މީގެ އިތުރުން ރައީސް ވަނީ ފަރުވާއަށް ޔުމްނު ގެންދިޔަ އައިޖީއެމްއެޗްގެ ތެރޭގައި ފަރުވާގެ ކަންކަން ގޮސްފައިވާގޮތުން އެތަނުގެ ބައެއް ކަންކަން ހަރުދަނާކުރުމަށް ވެސް އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު