2025 އޭޕްރީލް 18 ވަނަ ދުވަހުގެ ރޭ ހައްވާ ޔުމްނު ރަޝީދު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު ހާދިސާއާއި ގުޅިގެން އެކަން ތަހުގީގު ކުރުމަށް ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި، ޔުމްނު ވެއްޓުނުކަން އެނގިތިބެ އެކަން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުނުކޮށް ތިބި މީހުންގެ މައްސަލަ ތަހުގީގުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި، ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން އުފެއްދި ރިޔާސީ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ބައެއް ކަންކަމަށް ފިޔަވަޅު އެޅުމަށް އެމަނިކުފާނު މިއަދުވަނީ ބައެއް އިދާރާތަކަށް އަންގަވާފައެވެ.
އެގޮތުން ހޯމް މިނިސްޓްރީން ފުލުހުންގެ އިހުމާލުގެ މައްސަލަތަކެއް ބެލުމަށާއި، ހެލްތު މިނިސްޓްރީން އައިޖީއެމްއެޗްގެ މައްސަލަތަކެއް ބެލުމަށް ރައީސް ވަނީ އަންގަވާފައެވެ.
އޭގެ އިތުރުން ދެން ރައީސް އެންގެވި އަނެއްކަމަކީ، އެ ހާދިސާ ހިނގި ރޭ ހައްވާ ޔުމްނުއާ އެކު އުޅުނު ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް، ޔުމްނު ވެއްޓުނު ފަހުން އެ ދުވަހުގެ ހެނދުނު ހ. މާއިރާއަށް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ގ. އެރިއަދޫ، ދާއޫދު އަޙްމަދު ތިރިޔަށް ފޭބިކަމަށް ހެކީންގެ ހެކިބަހުން އެނގޭތީއާއި، ދާއޫދު އަޙްމަދު މައްސަލައިގެ ތަހުގީގުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވޭކަމަށް ބަޔާން ކޮށްފައިވާތީ ދާއޫދުގެ މައްސަލަ ބެލުމެވެ.
ރައުދުގެ ބޭބެ ދާއޫދަކީ އޭރު ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުގައި ހުރި މީހެކެވެ. ނަމަވެސް ކޮމިޝަނުގެ ރިޕޯޓުގައި މިކަން ފާހަގަ ކުރުމާ އެކު ރައީސް ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ.
އޭގެ އިތުރުން ޔުމްނު ވެއްޓި ގިނައިރުތަކެއް ވަންދެން އޮތްއިރު ވެސް އޭނާ ވެއްޓިފައިވާކަން އެނގޭ މީހުން ކަމާބެހޭ އިދާރާތަކަށް އެކަން ނާންގައި ދޫކޮށްލާފައިވާތީ އެއީ އިންސާނިއްޔަތުކަމުގެ ގޮތުން ބެލިނަމަވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވާތީ، ރައުދުގެ ބޭބެ، ދާއޫދާއި އަދި ޔުމްނު ވެއްޓުނު ފަހުން ރައުދުއާ ދިމާވި، ޔުމްނު ވެއްޓުނުކަން އެނގޭ މީހުންގެ މައްސަލަ ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ވެސް ރައީސް ވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު