ސިފައިންގެ ވިޔަފާރި ކުންފުނި، ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ވޮރަންޓް އޮފިސަރ ގްރޭޑް 2، އަލީ ހާމިދު ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
މިޙާދިސާގެ އިތުރު ތަފްސީލު ހިއްސާކުރަމުން އެމްއެންޑީއެފުން ދާދިދެންމެއަކު ބުނެފައިވަނީ ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓުން 6 މީހުން ދަތުރުކުރި ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 2 ސިފައިންނާއި، އާންމުންގެ މީހަކާއި، ބަންގްލަދޭޝަށް ނިސްބަތްވާ 3 ބިދޭސީން ކަމަށެވެ.
“އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ހޯދާފައި، ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގައި، އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައި.“ އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ ކަމަށެވެ.
އޭގެއިތުރުން އެމްއެންޑީއެފުން ބުނެފައިވަނީ، މިއަދު ހެނދުނު 10:30 ހާއިރު ލޭންޑިންގ ކްރާފްޓް ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު