މަރްޔަމް ނަހްދާ ވަޙީދު   25 ޖޫން 2025 - 15:58
އަބްދުލް މުހައިމިން ނަސީރު, ފޮޓޯ: މާލެ ސިޓީ ކައުންސިލް
އަބްދުލް މުހައިމިން ނަސީރު, ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް އަބްދުލް މުހައިމިން ނަސީރު އައްޔަނުކޮށްފިއެވެ.

މި މަގާމަށް މުހައިމިން އައްޔަނުކުރީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 200 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މުަހައިމިން އަކީ ފުރަތަމަ ޑިގްރީއާއި މާސްޓާސް ޑިގްރީ ޙާޞިލްކޮށްފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައެވެ.

އަދި މީގެ ކުރިން އޭނާ ވަނީ ތަޢުލީމީ ދާއިރާގައި ގިނަ މަސައްކަތަކެއް ކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ކައުންސިލްގެ ސެކްރެޓަރީ ޖަނަރަލްގެ މަގާމަށް ހަތް ބޭފުޅަކު ކުރިމަތިލިއިރު އެންމެ މަތިން މާކުސް ލިބިފައިވަނީ މުހައިމިނަށް ކަމަށެވެ. އެގޮތުން އޭނާއަށް ޖުމްލަ 85.03 މާކުސް ލިބިފައިވާ ކަމަށް ކައުންސިލުން ހާމަކޮށްފައި ވެއެވެ.

ކައުންސިލްގެ އެސްޖީގެ މަގާމަކީ ކައުންސިލް އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހައި ކަމެއް ހިންގައި ބެލެހެއްޓުމާއި، މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެސްޖީއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން