މާލެ ސިޓީގެ މަގެއް-
މާލެ ސިޓީގެ މަގެއް-
ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިއީ މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި މާލޭގެ މޭޔަރ އާދަމް އާޒިމް ހުށަހެޅުއްވި ހުށަހެޅުއްވުމެކެވެ.

އެގޮތުން މޭޔަރ ހުށަހެޅުއްވީ މާލޭގެ ބޮޑެތި މަގުތައް ފިޔަވައި އެހެން ހުރިހާ މަގުތަކެއްގައި ފަތިހު 5:30 އިން ހެނދުނު 9:00 އަށް ވެހިކަލް ނުދުއްވޭ ގޮތަށް ހަމަޖައްސައި މަގުތައް ބަންދު ކުރުމަށެވެ.

މޭޔަރ ވިދާޅުވީ މިގޮތަށް ނިންމެވީ ހުކުރު ދުވަހު ހެނދުނު ކުޑަކުދިންނަށް ގެއިން ބޭރަށް ނުކުމެ މަގުމަތީގައި ކުޅެ އުޅުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

މި ނިންމުމުގެ ސަބަބުން މާލެ ތެރޭގައި ކުދިންނަށް ކޮންމެވެސް ވަރެއްގެ ރައްކާތެރި މާހައުލަކަށް ނިކުމެ އުޅުމުގެ ފުރުސަތު ލިބިގެން ދާމެ ކަމަށް މޭޔަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން