ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެެވެ.
ލަންކާގެ ނޫސްތަކުން ބުނި ގޮތުގައި އަނޫރާ ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ފަހުކޮޅު އެވެ.
މިއީ މިދިޔަ އަހަރު ފަހުކޮޅު އަނޫރާ ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ރާްއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އެ ދަތުރުފުޅުގައި ވިޔަފާރިއާއި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ.
އެ ދަތުރުފުޅާ ގުޅޭ ގޮތުން ރާްއްޖޭގެ ފޮރިން މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އަނޫރާ ރާއްޖެ ވަޑައިގަންނަވާ އިރު މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް މިފަހަރު ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު