ސިފައިންގެ ވިޔަފާރި ކުންފުނި، ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ބަންގްލަދޭޝަށް ނިސްބަތްވާ އެމީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ.
ސިވެކްގެ “އެލްސީ 308” ލޭންޑިންގ ކްރާފްޓް އިއްޔެ ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ޙާދިސާގައި ތ. ހިރިލަންދުއަށް ނިސްބަތްވާ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ނިޔާވެފައިވާއިރު، އޭނާގެ ޖަނާޒާ ރޭ ވަނީ ރަސްމީ އިއްޒަތުގައި ރޭ ވަނީ ހުޅުމާލެ ސަހަރާގައި ބާއްވައިފައެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ވަނީ ދިވެހި އަސްކަރިއްޔާއަށް ޝަރަފުވެރިކަމާއެކު 27 އަހަރު ޚިދުމަތް ކުރައްވާފައެވެ.
ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުން 6 މީހުން ދަތުރު ކޮށްފައިވާއިރު، މި ޙާދިސާގައި ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުން ދަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނެކެވެ.
މިޙާދިސާގައި ހޮސްޕިޓަލަށް ގެންދިޔަ 2 ސިފައިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 2 ބިދޭސީންގެ ޙާލު މިހާރު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު