މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ-
މަގުމަތީގައި ފުލުހުން ހަރަކާތްތެރިވަނީ-
ދިވެހި ފުލުހުންގެ ހިދުމަތުގެ ބޭނުމަށް ހުޅުމާލެ ފޭސް 2 ގައި ސަބްމެރިން ކޭބަލް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

ފޭސް ދޭއްގައި ސަބްމެރިން ކޭބަލް އަޅައިދޭނޭ ބަޔަކު ހޯދުމަށް ފުލުހުންގެ އިދާރާއިން ކުރި އިއުލާނަށްފަހު ހުށަހެޅި ޕްރޮޕޯސަލްތައް ދިރާސާކޮށް، އެމަސައްކަތް ހަވާލުކޮށްފައިވަނީ، އޯތްސް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

މިއީ ހުޅުމާލެ ފޭސް ދޭއްގެ ސަލާމަތީ ކަންކަން ގާއިމްކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދުގައި މާރާމާރީ އާއި މަސްތުވާތަކެތި ބޭނުންކުރާމީހުން ގިނަވުމަކީ އެތަނުގައި ދިރިއުޅެމުންދާ މީހުންގެ ޝަކުވާއެކެވެ. މިކަމާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ ހުޅުމާލެ ފޭސް 2 ގައި ދިރިއުޅެމުންދާ ރައްޔިތުންގެ ސަލާމަތީ ކަންކަން ރައްކާތެރިކުރުމަށްޓަކައި މިނިސްޓްރީން ކުރަންޖެހޭ ކަންތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ފޭސް 2 ގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ފޭސް ދޭއްގައި ކުށްކުރުމުގައި ހަރަކާތްތެރިވާ ކުދިން ފާހަގަކޮށް އެކުދިންނަށް ހިންގަންޖެހޭ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން