ހުޅުމާލެ ހޮސްޕިޓަލް-
ހުޅުމާލެ ހޮސްޕިޓަލް-
ހުޅުމާލެ ހޮސްޕިޓަލުން މެޑިކަލް އިންޓާންޝިޕް ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

‎މެޑިކަލް އިންޓާރންޝިޕަކީ މެޑިސިން ކިޔަވައިގެން އަންނަ ފަރާތްތަކުން ދާއިމީ ޚިދުމަތަށް ނިކުތުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެއް އަހަރު ދުވަހުގެ ޕްރޮގްރާމެކެވެ. މިއީ ހުޅުމާލެ ހޮސްޕިޓަލުން މި ފުރުސަތު ހުޅުވާލި ފުރަތަމަ ފަހަރެވެ.

ހެލްތު މިނިސްޓްރީން ބުނީ މިހާތަނަށް ހަމައެކަނި ދަރުމަވަންތަ ހޮސްޕިޓަލުގައި މި ފުރުސަތު އޮންނާތީ، އެކަމުގެ ޝަކުވާ މި ދާއިރާއިން ތައުލީމް ހާސިލްކުރާ ފަރާތްތަކުން ކުރަމުންދާ ކަމަށެވެ. އެހެންވެ، އިންޓާރންޝިޕްގެ ފުރުސަތު މިހާރު ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ވެސް ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން ހުޅުމާލެ ހޮސްޕިޓަލުން 15 ފުރުސަތު ދިނުމަށް ނިންމާފައިވާއިރު، މި ފުރުސަތު ބޭނުންފުޅުވާ ފަރާތްތަކަށް މިކަމަށްއެދި ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ 29 ޖޫން އިން ފެށިގެން ޖުލައި 8ގެ 12:00ގެ ނިޔަލަށެވެ.

އިންޓަރންޝިޕް ޕްރޮގްރާމަށް ޝަރުޠު ފުރިހަމަވާ 15 އަށްވުރެ ގިނަ ފަރާތުން ކުރިމަތިލައިފިނަމަ، ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިސްކަން ދެވޭނީ އެމް.ބީ.ބީ.އެސް ފުރިހަމަ ކޮށްފައިވާ ތާރީހަށް ބަލައި، ކޯސް ފުރިހަމަ ކުރިފަހުން ގިނަ ދުވަސް ވެފައިވާ ފަރާތްތަކަށާއި، މެއިލްފޮނުވާ ތަރުތީބަށްކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން