ފައިނު އެކްސިޑެންޓްގައި އަނިޔާވި ކުއްޖެއް އިތުރު ފަރުވާއަށް ގެންދަނީ
ފައިނު އެކްސިޑެންޓްގައި އަނިޔާވި ކުއްޖެއް އިތުރު ފަރުވާއަށް ގެންދަނީ
ރ. ފައިނުގައި މިމަހުގެ 26 ވަނަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެކުދިންނާއި ޓީޗަރަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައިކަމަށް އައިޖީއެމްއެޗުން ހާމަކޮށްފިއެވެ.

ފައިނު ސޯސަންމަގުގައި އެ އެކްސިޑެންޓް ހިނގީ 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލްގެ ދަރިވަރަކު ދުއްވި ސައިކަލެެއް މަގުމަތީގައި ކަސްރަތަށް ހިނގަން ނުކުމެ އުޅުނު އެ ރަށު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ.

އައިޖީއެމްއެޗުން ބުނީ، މި އެކްސިޑެންޓުގައި ހާލު ސީރިއަސްވެފައިވަނީ، 49 އަހަރުގެ ފިރިހެނަކާއި، 16 އަހަރު އަދި 14 އަހަރުގެ ދެ ފިރިހެން ކުދިން ކަމަށެވެ. އެ އެންމެނަށްވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

ނަމަވެސް ދެކުދިންނާއި ޓީޗަރަށް ވެފައިވާ އަނިޔާތަކުގެ ތަފްސީލު އެނގިފައެއް ނުވެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވި، ފައިނު ސްކޫލްގެ ޕްރިންސިޕަލަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

ފުލުހުން ބުނެފައިވަނީ، އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ޓޯކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން