ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޭޝެލްސްގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައިވަނީ، ސޭޝެލްސްގެ ރައީސް ވަވެލް ރަމްކަލަވާނަށާއި، ސަރުކާރަށާއި، އެންމެހާ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވާ ކަމަށެވެ.

މި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސޭޝެލްސްގެ މިނިވަން ދުވަހު އެ ޤައުމުގެ ރައްޔިތުންނަށް އެކުވެރިކަމާއި، އުފާވެރިކަމާއި، އެއްބައިވަންތަކަމަށް އެދިލައްވާ ކަމަށެވެ. ހަމައެހެންމެ، މި ދުވަހުގެ މުނާސަބާއާ ގުޅިގެން ތަހުނިޔާ އާއި ހެޔޮ އެދުންތައް އެ ޤައުމުގެ ރައީސާއި، ސަރުކާރަށާއި، ރައްޔިތުންނަށް އަރިސްކުރައްވާކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ދިވެހިރާއްޖެ އާއި ސޭޝެލްސްއަށް ފައިދާވާ އެކި ދާއިރާތަކާއި ސަރަހައްދީ ހަމަޖެހުން ޤާއިމުކުރުމަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

އިނގިރޭސީންގެ އަތްދަށުން ސީޝެލްސް މިނިވަންވީ 1977 ވަނަ އަހަރުއެވެ. މިއަދަކީ ސީޝެލްސް އިން ފާހަގަކުރާ 48 ވަނަ މިނިވަން ދުވަހެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން