8 މަހުގެ ތުއްތު ކުއްޖެއްގެ މަރުގެ މައްސަލައިގައި އައިޖީއެމްއެޗްގެ އިހުމާލެއް އޮތްތޯ ބަލަން ފަށާފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި 8 މަހުގެ ތުއްތު ކުއްޖާގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އައިޖީއެމްއެޗުން މިހާރު ވަނީ ބަލަން ފަށާފައެވެ. އަދި އެކަމާގުޅިގެން އެ ހޮސްޕިޓަލުން ބަޔާނެއް ނެރުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.
މި މައްސަލާގައި ކުއްޖާގެ ޢާއިލާއިން މީސްމީޑިއާގައި ބުނެފައިވަނީ، ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް ކަމަށާއި، ނަމަވެސް ހޮސްޕިޓަލުން ދީފައިވާ ފަރުވާގެ ސަބަބުން ކުއްޖާ ހުން އައިސް ހަށިގަނޑު ފުފުނު ކަމަށެވެ.
އެގޮތުގައި ދެ ދުވަސް ވީއިރު ވެސް ކުއްޖާ ބެލި ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ލިބުނު ޖަވާބަކީ އެއީ އިންފެކްޝަނެއްގެ ސަބަބުން ހިނގި ކަމެއް ކަމަށާއި އާއިލާއިން ސުވާލު ކުރުމުންވެސް އިތުރު ތަފްސީލެއް ދީފައިނުވާ ކަމަށް މި ޕޯސްޓުގައި ތުހުމަތު ކޮށްފައިވެއެވެ.
ތިން ވަނަ ދުވަހު، ކުއްޖާގެ ހާލު މަޑުމަޑުން ރަނގަޅުވާން ފެށި ކަމަށާއި ކުއްޖާގެ ހަށިގަނޑު ފުފުނީ "ލިވާ އެންޒައިމް މަތިވެގެން ކަމަށް" ކުއްޖާ ބެލި އެމްއޯ ބުނި ކަމަށާއި ނަމަވެސް ބަލި ހާލަތުގައި އޮތް އެ ކުއްޖާ ބެލުމަށް އެ ދުވަހާ ހަމަޔަށް ވެސް އައިޖީއެމްއެޗްގެ ކުޑަކުދީންނަށް ޚާއްސަ ޑޮކްޓަރަކު ގޮސްފައި ނުވާ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
އަދި ކުއްޖާ ހޮސްޕިޓަލަށް ވެއްދިތާ ފަސް ދުވަސް ވަންދެން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކު ނުބަލާ ކަމަށާއި، ލިވަރު ފެއިލްވުމުން ބޭރަށް ރިފަރ ކުރުމަށް އެދުނުއިރު އާސަންދަ ހަމަޖެހުމުގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. އަދި ކުއްޖާ ނިޔާވިފަހުން ކުއްޖާ އަށް ސީޕީއާރު ދިނުމުން ކުއްޖާގެ ކަންފަތާއި ނޭފަތުން ލޭ އައިސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
"އެ ކުއްޖާ އެނދުމަތިކުރިތާ 6 ވަނަ ދުވަހު، އެ ތުއްތު ތުއްތު ފުރާނަ މި ފަނާވެނިވި ދުނިޔެއާ އަލްވަދާއު ކިޔުމެވެ. އެ ވަރުން އަދި ފުދުނީކީއެއް ނޫނެވެ. އެ ތުއްތު ކުއްޖާގެ މައިންބަފައިންގެ ނުރުހުމުގައި، ފުރާނަ ނެތް އެ ތުއްތު ކުއްޖާއަށް ސީޕީއާރް ވެސް ދިނީއެވެ. ކަންފަތާއި އަނގައާއި ނޭފަތުން ލޭއައުމުން ވެސް މެއެވެ." އާއިލާގެ ފަރާތުން ބުނެފައިވެއެވެ.
މިފަދަ މައްސަލައެއް ފެންމަތިވެފައިވާއިރު، މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު