ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން
ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން
މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރެވޭނީ ހުރިހާ އެންމެންގެ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައިކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ ށ. މިލަންދޫގައި ބޭއްވި ޓްރެފިކް މޮނިޓާސް ޕްރޮގްރާމްގެ 115 ވަނަ ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ނަވީން ވިދާޅުވީ މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކޮށް، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާ ޖީލެއް ބިނާކުރުމުގެ މަގްސަދުގައި ފެށިފައިވާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމު ފެށީ ފުލުހުންނާއި ގުޅިގެން ސްކޫލް ކުދިންނަށް ހިންގޭ އެކްސްޓްރާކަރިކިއުލާ އެކްޓިވިޓީއެއްގެ ގޮތުގައިކަން ފާހަގަ ކުރަމުން ސީޕީ ވިދާޅުވީ ޕްރޮގްރާމު ފެށިއިރު ބެލެނިވެރިންނާއި ޓީޗަރުންގެ ފަރާތުން ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

އެހެންނަމަވެސް އެކަންކަން މަޝްވަރާކޮށް ވާހަކަ ދައްކައިގެން ހައްލުކުރެވި، މިއަދު މި ޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ވެފައިވާކަމްށް ސީޕީ ވިދާޅުވިއެވެ.

އެގޮތުން މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 3628 ދަރިވަރުން ތަމްރީން ކުރެވިފައިވާ ކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ތަމްރީނުވި ޓްރެފިކް މޮނިޓަރުން މަގުމަތީގައި ނަމޫނާ ދައްކާނެ ކަމަށް ސީޕީ ނަވީން ވިދާޅުވިއެވެ.

މަގުގައި ދުއްވާ މީހުންނާއި ހިނގައިބިނގާވާ ހުރިހާ މީހުންނަށް އިރުޝާދު ދިނުމާއި، ޒިބްރާކުރޮސިންއިން މަގު ހުރަސްކުރާ ފަރާތްތަކަށް ތަން ދެއްކުމާއި، ސްކޫލްގެ ގޭޓު ކައިރީގައި ޕާކް ނުކުރުމަށް ނަސޭހަތްތެރިވުން ފަދަ ކަންކަން މި ޕްރޮގްރުގެ ދަށުން ތަމްރީންވި ކުދިން ކުރާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމަކީ، އިސްނަގައި ރިވެތި ބަހުން މުއާމަލާތްކޮށް ޒިންމާދާރު އަދި ބަސްއަހާ ޒުވާނުންތަކެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އެހެންކަމުން ބެލެނިވެރިންވެސް މިކުދިންނަށް ހިތްވަރު ދެއްވުމަށް ސީޕީ ވަނީ އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން