ސިންގަޕޫރުގައި އޯކިޑް ގަހަކަށް ރައީސް މުއިއްޒުގެ ދެކަނބަލުންގެ ނަމުން ނަން ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން
ސިންގަޕޫރުގައި އޯކިޑް ގަހަކަށް ރައީސް މުއިއްޒުގެ ދެކަނބަލުންގެ ނަމުން ނަން ދިނުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން
ސިންގަޕޫރުގައި އޯކިޑް ގަހަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންގެ ނަމުން ނަން ދީފި އެވެ.

އެ ގަހަށް އެ ނަން ދިނީ ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެގޮތުން ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށް، ރައީސްގެ ދެ ކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ނަން ދިންއިރު އެ އާ އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ އެ ގާޑަންގެ "ވީއައިޕީ އޯކިޑްސް" ކަލެކްޝަންގަ އެެވެ.

ނޭޝަނަލް އޯކިޑް ގާޑަންގައި ބޭރުގެ ގައުމުތަކުގެ އިއްޒަތްތެރިންގެ ނަންފުޅަށް ނިސްބަތްކޮށް އޯކިޑް ހައިބްރިޑްތަކަށް ނަންދިނުމަކީ އެތަނުގެ ދިގު ތާރީހުގައި ހިނގަމުން އަންނަ ސަގާފަތެކެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން