އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް
އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް
ބީއެމްއެލް އިން މިއަދު އިއުލާނުކުރީ ބޮޑު ސްކޭމެއް ކަމަށް އެމްޑީީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ނާޒިލް ވިދާޅުވީ، ބީއެމްއެލްގެ ޑެބިޓު ކާޑުތަކުގެ ލިމިޓް ބޮޑުކުރީ ސްކޭމެއް ގޮތަށް ކަމަށެވެ. އެގޮތުން ޑެބިޓް ކާޑު ބޭނުންކޮށްގެން އާންމުކޮށް ދިވެހީން ކުރާ ވިޔަފާރިތަކުން 30 އިންސައްތައިގެ ފީއެއް ނަގަން ނިންމުމުން، ޑެބިޓު ކާޑުތައް ބޭނުންކޮށްގެން 500 ޑޮލަރުގެ ވިޔަފާރި ނުކުރެވޭނެ ކަމަށް ނާޒިލް ވިދާޅުވިއެވެ.

އެކަމުގެ ތަފްސީލް ދެއްވަމުން ނާޒިލް ވިދާޅުވީ، މިހާރު ގެނެސްފައިވާ ބަދަލާއެކު، 250 ޑޮލަރުގެ ވިޔަފާރި ކުރުމުން 75 ޑޮލަރު، 30 ޕަސެންޓް ޓެކްސްގެ ގޮތުގައި ބޭންކަށް ނަގާނެ ކަމަށެވެ. އަދި ފަސްސަތޭކަ ޑޮލަރާ ހަމައަށް ވިޔަފާރި ކުރާނަމަ 150 ޑޮލަރުވަރު ޗާޖު ކުރާކަމަށް ނާޒިލް ވިދާޅުވިއެވެ.

“އެހެންވީމާ 500 ޑޮލަރެއް ނުލިބޭ، ހަމަ ބޮޑު ސްކޭމެއް އެއީ.” ނާޒިލް ވިދާޅުވިއެވެ.

ނާޒިލް މިހެން ވިދާޅުވެފައިވާއިރު ބީއެމްއެލް އިން މިއަދު ވަނީ، ޓެމޫ، ޝީއިން، އަލީބާބާ، އަލީ އެކްސްޕްރެސް، ލަޒާޑާ އަދި އީބޭއިން ޑެބިޓް ކާޑުން ވިޔަފާރި ކުރާނަމަ 30 އިންސައްތައިގެ ފީއެއް ނަގާނެކަން އެ ކުންފުނީގެ ކަސްޓަމަރުންނަށް އަންގާފައެވެ.

އޭގެއިތުރުން އޭޓީއެމް މެދުވެރިކޮށް ރާއްޖޭން ބޭރުގައި ނަގުދު ފައިސާ ނެގޭނެ އަދަދަކީ މަހަކު 125 ޔޫއެސް ޑޮލަރު ކަމަށް ބޭންކުން ވަނީ ނިންމާފައެވެ. އަދި އޭޓީއެމްއިން ފައިސާ ނެގުމުން ޗާޖްކުރެވޭ އަދަދަކީ 10 ޔޫއެސްޑޮލަރު ކަމަށް ވެސް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން