މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ކާށިދޫ ކަނޑަށް ސިފައިންގެ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާ ހިނގަން މެދުވެރިވީ އެއަށް ދިޔަވެ، ކުއްލިއަކަށް އަރިއަޅާލުމުން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ނޫސްވެރިއަކު އެދުމުން އެމްއެންޑީއެފުން ދީފައިވާ މައުލޫމާތުގައި ބުނެފައިވަނީ، އެ ކޮޅުވެއްޓި ކާށިދޫ ކަނޑަށް ބަންޑުން ޖަހާލީ ޅ. އަތޮޅާއި ފަސް ވަރަކަށް މޭލު ކައިވެރިވެފައި ވަނިކޮށް ދިޔަވާން ފަށައި، ކުއްލިއަކަށް އަރިއަޅާލައިގެން ކަމަށް އެ އުޅަނދުގެ ކެޕްޓަން ބުނެފައިވާކަމަށެވެ.
އަދި އެ ކޮޅުވެއްޓި ދިޔަވި ވަގުތު ކުއްލިއަކަށް ބަންޑުން ޖަހާލި ކަމަށް މިހާރު ލިބިފައިވާ މައުލޫމާތުން އެނގޭކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އުޅަނދު ބަންޑުން ޖަހާލީ ޅ. އަތޮޅާއި އެއް މޭލު ދުރުން 550 މީޓަރު އަޑިއަށް ކަމަށެވެ.
މިހާދިސާ އަދިވެސް ތަހުގީގު ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާ ހިނގިއިރު އެ އުޅަނދުގައި ތިބީ 6 މީހެކެވެ. ހާދިސާގައި އެކަކު ނިޔާވެ އެކަކު ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު