އައްޑޫ ސިޓީގެ ހަންކެޑެއަކީ، އައްޑޫގެ އިގްތިސާދީ އަދި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި، ގިނަ އަހަރުތަކެއް ވަންދެން އައްޑޫގެ ރައްޔިތުންނަށް ސަރުކާރުތަކުން ދައްކަމުން އައި ތަރައްގީގެ ހުވަފެނެކެވެ. ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން، ވިދިވިދިގެން އައި ސަރުކާރުތަކުން ހަންކެޑެއަކީ އައްޑޫގެ ރައްޔިތުންނަށް އިގްތިސާދީ ކުރިއެރުމާއި، ވަޒީފާގެ ފުރުސަތުތަކާއި، އަދި އަމިއްލަ ފުދުންތެރިކަން ހޯދައިދޭނެ ވަސީލަތެއްގެ ގޮތުގައި ސިފަކޮށްދީފައިވެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މި ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އަމަލީ ފިޔަވަޅުތަކެއް އަޅައި، ގިނަ ފައިސާތަކެއް ޚަރަދުކޮށް، އަދި ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީކުރުމަށްޓަކައި އައްޑޫ ސިޓީގެ އަވަށްތަކާ ވަކިކުރަން މަރަދޫއާއި ހިތަދޫ ގުޅުވާލާ ބައިޕާސް ބްރިޖެއް އަޅައި، ބިންހިއްކައި، އެރަށް ތަރައްގީކުރުމުގެ ޕްލޭން އެކުލަވާލައި، ފަންޑުގެ ކަންކަން ހަމަޖެއްސިއެވެ. ނަމަވެސް، މިހާރުގެ ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިއުލާނުކޮށްފައިވަނީ ހަންކެޑެއަކީ ހަލާލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މި އިއުލާނާ ގުޅިގެން، އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި ރައްޔިތުންގެ މަޖިލީހުގެ ވެރިކަންކުރާ ޕީއެންސީގެ ބައެއް މެންބަރުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުން ވެސް އަންނަނީ ނުރުހުމާއި ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
ހަންކެޑެއަށް ކުރެވިފައިވާ ވަޢުދުތަކާއި ތާރީޚު
ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދައުރުގައި (1978-2008)، 2005 ވަނަ އަހަރުން ފެށިގެން، ހަންކެޑެ ވަނީ އައްޑޫއަށް ބޮޑު ބަދަލެއް ގެނެސްދޭނެ މަޝްރޫޢެއްގެ ގޮތުގައި އައްޑޫ ރައްޔިތުންނަށް ދެއްކިފައެވެ. އިހުގައި މީހުން ދިރިއުޅެ، ފަހުން ފަޅުވެފައިވާ އަދި ތާރީޚުގެ ތެރެއިން ވަކި ދުވަސްވަރެއްގައި މަރަދޫ މީހުން މަރަދޫ ފާޅުކޮށްފައި ގޮސް ދޭތެރެއަކުން ދިރިއުޅުނު ހަންކެޑެ، ރައީސް މައުމޫނުގެ ވެރިކަމުގައި މަރަދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، މަރަދޫ މީހުންނަށް އެރަށުން ގޯތި ކަނޑަން ވެސް ނިންމާފައި ވަނިކޮށް، އަލުން މަރަދޫއިން ވަކިކޮށް ފަތުރުވެރިކަމަށް އެރަށް ޚާއްޞަކުރިއެވެ. އެއީ 2005 ގައި އައްޑޫއަށް ފަތުރުވެރިކަން ގެންނަން އޭރުގެ ސަރުކާރުން ވީ ވަޢުދުގެ ތެރެއިން އެކަމަށްޓަކައި ކަނޑައެޅުނު ތިން ވަނަ ރަށުގެ ގޮތުގައެވެ. އަނެއް ދެ ރަށަކީ ވިލިގިއްޔާއި ހެރެތެރެއެވެ.
އައްޑުއަތޮޅަކީ ދިވެހިރާއްޖޭގެ އިގްތިސާދީ މައިމަރުކަޒު ކަމުގައިވާ މާލެއާ އެންމެ ދުރުގައި އޮންނަ އަތޮޅަށް ވުމުގެ ސަބަބުން މިއީ އިގްތިސާދީ ކުރިއެރުމުގެ ގޮތުން އަބަދުވެސް އިހުމާލުކުރެވިފައި އޮންނަ އަތޮޅެކެވެ. 1976 ގައި އައްޑުއިން އިނގިރޭސީން ފައިބައިގެން ދިޔަފަހުން އައްޑޫ އޮތީ އެފަދަ ހާލަތެއްގައެވެ. އިނގިރޭސީންގެ ފުށުން ދަސްވި ހުނަރަކާއި ލިބުނު ކުރިއެރުމެއްގެ ބޭނުންހިފަން އަތޮޅުގެ ގިނަ ބަޔަކަށް އަތޮޅު ދޫކޮށް ދާން މަޖުބޫރުވީ މާލެއަށެވެ. އަދި މާލޭ ސަރަހައްދުގައި ގާއިމުކޮށްފައި އޮތް ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށެވެ. އެހިނދުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެންމެ ގިނަ ބަޔަކީ އައްޑޫ މީހުން ކަމުގައިވިއެވެ. އައްޑޫ މީހުންގެ އަބަދުމެ އުއްމީދަކަށް ވީ އައްޑުއަތޮޅަށް ވެސް ފަތުރުވެރިކަން އައުމެވެ. އަތޮޅުގައި، ރަށުގައި، އާއިލާއާ ގާތުގައި މަސައްކަތް ކުރުމެވެ. ފަތުރުވެރިކަމުގެ ނަފާ އައްޑޫއަށް ވެސް ލިބިގެން ދިއުމެވެ. ރައީސް މައުމޫނުގެ ވެރިކަމުން ފެށިގެން ވިދިވިދިގެން އައި ސަރުކާރުތަކުން އައްޑޫއަށް އައީ މި ހުވަފެން ދައްކަމުން ވެސްމެއެވެ. އަދި ހަންކެޑެއަކީ ފަތުރުވެރިކަން ކުރިއެރުވުމަށާއި، އައްޑޫގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށާއި، އަދި އަތޮޅުގެ އިގްތިސާދީ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމުގެ ވަސީލަތެއްގެ ގޮތުގައި ސިފަކޮށްދެމުންނެވެ.
ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ހަންކެޑެއިގައި 18 މަސް ދުވަހުގެ ތެރޭގައި 100-200 އެނދުގެ ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށްޓަކައި 9 އޭޕްރީލް 2006 ގައި ތޫނޑު ޕްރައިވެޓް ލިމިޑެޓް ކިޔާ ފުވައްމުލަކު ކުންފުންޏަކާ ހަވާލުކުރިއެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އެ ކުންފުންޏަށް އެކަމެއް ނުކުރެވުނެވެ. އޭގެ ފަހުން 2008 ގައި އަލުން އަނެއްކާ ވެސް ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ ހަވާލުކުރިއެވެ. އެ ކުންފުނިން ހަންކެޑެއިގައި ނަމޫނާ ކޮޓަރިއެއް ވެސް ހެދި އެވެ. ނަމަވެސް އެ މަސައްކަތް ވެސް ފަހުން ހުއްޓުނީ އެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އަލުން ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ ކްރެސެންޑާސް ގްރޫޕާ ހަވާލުކުރިއެވެ. އަދި އެކަމަށްޓަކައި ހަންކެޑެ، އައްޑޫ ސިޓީއާ ވަކިކޮށް ފަޅުރަށެއްގެ ގޮތުގައި ހަމަޖެއްސިއެވެ. ނަމަވެސް 2012 ގައި ހިންގި "ބަޣާވާތު" ހަރަކާތަށް ފަހު ރައީސް ނަޝީދުގެ ވެރިކަން ނިމި އައި ހަލަބޮލިކަމުގެ ތެރެއިން ހަންކެޑެ ތަރައްގީކުރުމުގެ މަސައްކަތަށް ހުއްޓުމެއް އެރިއެވެ. އޭގެ ފަހުން 2013 ވަނަ އަހަރު އަލުން މަސައްކަތް ފެށުމަށް ނިންމައި ހަންކެޑެއިގައި 100-200 އެނދުގެ ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއް ގާއިމުކޮށް 2014 ގައި ނިންމުމުގެ ޕްލޭންތައް ކުރެވި އާައްމުވިއެވެ. އަދި ހަންކެޑެއިގެ ފަޅާވީ ބިތުގައި އޮތް ލިންކް ރޯޑް ފުއްޓަރާ ވީ ބިތައް ބަދަލުކުރަން ނިންމިއެވެ. އެހެންނަމަވެސް މަގުވެސް ބަދަލުނުވެ ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ވެސް ކުރިޔަކަށް ނުދިޔައެވެ.
ދެން އަނެއްކާވެސް ހަންކެޑެގެ ތަރައްގީކުރުމުގެ ހުވަފެނުގައި ކުލައެއް ޖެހިގެން އައީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ. އަދި އެވެރިކަމުގައި އެކަމަށްޓަކައި އަމަލީ މަސައްކަތްތައް ވަރަށް ހަލުވިކޮށް ފެށި ކުރިޔަށް ދިޔައެވެ. މިގޮތުން އައްޑޫގެ މަގުތައް ތަރައްޤީކުރުމަށް ކަނޑައެޅުނު 1.2 ބިލިއަން ރުފިޔާގެ މަޝްރޫއުގެ ތެރެއިން ތެރެއިން މީހުން ދިރިއުޅޭ އަވަށްތަކާ ހަންކެޑެ ވަކިކުރުމަށްޓަކައި މަރަދޫއާއި ހިތަދޫ ގުޅުވާލާ އަގުބޮޑު ބައިޕާސް ބްރިޖް އެޅިއެވެ. މި ބްރިޖްގެ ބޭނުމަކީ ހަންކެޑެ މީހުން ދިރިއުޅޭ ރަށްތަކާ ވަކިކޮށް، އެތަން ހަމައެކަނި ފަތުރުވެރިކަމަށް ޚާއްޞަ ރަށަކަށް ބަދަލުކުރުމަށް މަގުފަހިކުރުމެވެ. ރައީސް ޞާލިޙްގެ ސަރުކާރުން ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރުމުގެ މަޝްރޫއު ހަވާލުކުރީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާއެވެ. އެއީ ބޭންކް އޮފް ޗައިނާއިން 142.9 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ގެ ލޯނު ނަގައިގެން ހިންގާ ގޮތަށް ހަމަޖެހުނު މަޝްރޫއެކެވެ. ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހަމަޖެހިފައި އޮތީ 1041 ކޮޓަރި (2082 އެނދު) ތަރައްގީކުރާ ގޮތަށެވެ. މިގޮތަށް ހަންކެޑެ ތަރައްގީވެގެން ދާއިރު އެތަނުގައި ދެ ގްރޭންޑް ހޮޓެލް، ދެ ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 64 ސަރވިސްޑް އެޕާޓްމެންޓް، 17 ބީޗް ވިލާ ހުންނާނެއެވެ. އޭގެ އިތުރުން ނޮލެޖް ސެންޓަރ، މިކްސްޑް ސްޕޯޓްސް ބިލްޑިންގ، އައުޓްޑޯ ބީޗް ސްޕޯޓްސް، ތިއޭޓަރ އަދި ފުޑް ކޯޓާއި ރެސްޓޯރަންޓާއި ފިހާރަތައް ހިމެނޭނެއެވެ. ރައީސް ޞާލިޙްގެ ސަރުކާރުން ހަންކެޑެއިގެ މި ޕްލޭން ހަގީގަތަކަށް ހެދުމަށްޓަކައި އައްޑޫގައި ހިންގި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ ދަށުން އެރަށުގެ ފަޅުތެރެއިން ގޮނޑުދޮށް ފުޅާކޮށް ބިން ހިއްކިއެވެ. ނަމަވެސް 2023 ގައި އެމްޑީޕީގެ ރައީސް ޞާލިޙްގެ ވެރިކަން ނިމި ޕީއެންސީގެ ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުނެވެ.
ރައީސް މުޙައްމަދު މުޢިއްޒުގެ ސަރުކާރުން 2024 ވަނަ އަހަރުގެ އޭޕްރީލް މަހު، ރައީސް ޞާލިޙްގެ ސަރުކާރުން ޕްލޭންކޮށްފައިވާ ގޮތަށް ހަންކެޑެއިގައި ފަސް ގިންތީގެ ހޮޓާ ތަރައްގީކުރާނެ ކަމަށް އިއުލާންކުރިއެވެ. އަދި އެ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް، ބަޑިބޭހުގެ ކުޅިވަރުތަކާއެއްކޮށް 16 އޭޕްރީލް 2024 ގައި ހަންކެޑެއިގައި ކުލަގަދަ ރަސްމިއްޔާތެއް ބާއްވައި އެ މަޝްރޫއުގެ ބިންގާއެޅިއެވެ. ބިންގާ އެޅުމަށްފަހު، އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ، މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ދެ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށެވެ. ނަމަވެސް، އެ ވިދާޅުވި ދެ ހަފުތާގެ ތެރޭގައި އަމަލީ އެއްވެސް މަސައްކަތެއް ނުފެށުނެވެ. އަދި މިހާރު އެ ޕްރޮޖެކްޓް ވަނީ ހުއްޓިފައެވެ.
މިހާރުގެ ސަރުކާރުން ހަންކެޑެ ހަލާލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކަނޑައެޅުން
2025 ވަނަ އަހަރުގެ ޖޫން މަހު، ރައީސް މުޢިއްޒުގެ ސަރުކާރުން ހަންކެޑެ ހަލާލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީކުރުމަށް ރޭވިފައިވާ މަޝްރޫޢެއް ހާމަކުރިއެވެ. މި މަޝްރޫޢަކީ އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެމަތިން ފަތުރުވެރިކަމުގެ ތަޖުރިބާތައް ހޯދުމަށް އެދޭ މުސްލިމު ފަތުރުވެރިންނަށް އަމާޒުކޮށްގެން އެކުލަވާލެވިފައިވާ ފުޅާ ޕްލޭނެއްގެ މުހިންމު ބައެކެވެ. މި ޕްލޭނުގައި، ހަންކެޑެ ހަލާލު ފަތުރުވެރިކަމުގެ ފާހަގަކޮށްލެވޭ މަންޒިލެއްގެ ގޮތުގައި ކަނޑައަޅައި، ބަނގުރަލުން އެއްކިބާވެފައިވާ، އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޚާއްޞަކުރެވިފައިވާ ވަސީލަތްތަކާއި، އިސްލާމީ ޝަރީޢަތާ އެއްގޮތްވާ އެހެނިހެން ޚިދުމަތްތަކަށް އިސްކަންދީފައިވެއެވެ. ސަރުކާރުގެ މި މަޝްރޫޢުގެ ލަނޑުދަނޑިއަކީ ދުނިޔޭގައި އަވަސް ދުވެލީގައި ކުރިއަރަމުންދާ ހަލާލު ފަތުރުވެރިކަމުގެ ބާޒާރަށް އަމާޒުކޮށް، މުސްލިމު އަޣުލަބިއްޔަތު އޮންނަ ގައުމުތަކުން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.
އެހެންނަމަވެސް، މި އައު ވިސްނުމާ ގުޅިގެން އައްޑޫގެ ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ނުހަނު ބޮޑުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. ހަލާލު ފަތުރުވެރިކަމުގެ މޮޑެލްއަށް ބަދަލުވުމުގެ ނިންމުމަކީ ކުރިން ހަންކެޑެއަށް ޕްލޭން ކުރެވިފައިވާ، ހުރިހާ އެންމެންނަށް ހުޅުވާލެވިފައިވާ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މޮޑެލްއާ ތަޢާރުޟުވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އަދި މިހާރުގެ ސަރުކާރުން އައްޑޫގެ އިގްތިސާދީ ކުރިމަގަށް ހުރަސްއަޅަމުންދާ ކަމަށް ބައެއް ފަރާތްތަކުން އަޑުއުފުލުން އެބަދެއެވެ.
މިމައްސަލާގައި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ޚިޔާލު
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އެހެނިހެން އިދިކޮޅު ސިޔާސީ ލީޑަރުންނާއި އައްޑުއަށް ނިސްބަތްވާ ސަރުކާރުގެ ބައެއް ސިޔާސީ ބޭފުޅުން ވަނީ މުޢިއްޒު ސަރުކާރުން ހަންކެޑެ ހަލާލު ފަތުރުވެރިކަމަށް ކަނޑައެޅުމުގެ ނިންމުމާ މެދު ފާޑުކިޔައި، އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ.
ފައްޔާޟް އިސްމާޢީލްގެ ފާޑުކިޔުން: އިދިކޮޅު އެމްޑީޕީގެ ޗެއަރޕަރސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އިންވެސްޓްމަންޓުތައް ޔަގީންކޮށްދީފައި ވަނިކޮށް، ހަންކެޑެ ހަލާލު ފަތުރުވެރިކަމަށް ޚާއްޞަކުރީ އެ މަޝްރޫއު ކުރިއަށްނުގެންގޮސް ހުއްޓާލުމަށްކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހަލާލު ފަތުރުވެރިކަމުގެ މޮޑެލްއަށް ހަންކެޑެ ނުހިންގޭނެކަމަށާއި، ރައީސް ޞާލިޙްގެ ސަރުކާރުން އައްޑޫގައި ހިއްކާފައިވާ ރަށްރަށް ހަލާލު ފަތުރުވެރިކަމަށް ޚާއްޞަކުރެވިދާނެކަމަށެވެ. އެ ރަށްރަށް ހުއްޓާ ހަންކެޑެ މަޝްރޫއު ހުއްޓުވާލަން މި ނިންމި ނިންމުމަކީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން އަޅާ ބޮޑު ހުރަހެއްކަމަށް ފައްޔާޟް ސިފަކުރެއްވިއެވެ.
ފައްޔާޟް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވާ ގޮތުން ހަންކެޑެ މަޝްރޫއުއަކީ ހުރިހާ ޕްލޭނެއް ނިމިފައިވާ، ފައިސާ ހަމަޖެހިފައިވާ އައްޑޫގެ ފަތުރުވެރިކަން އަދި އައްޑޫގެ މުޅި އިގްތިސާދު ބަދަލުކޮށްލާނެ މުހިންމު މަޝްރޫއެއް ކަމަށެވެ. އޭނާ ސިފަކުރައްވާ ގޮތުގައި މިއީ އައްޑޫ ސިޓީގެ ރައްޔިތުން އަމިއްލަ ފައިމައްޗަށް ތެދުވިޔަ ނުދިނުމަށް ސަރުކާރުން ކުރާ ކަމެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އައްޑޫގެ ރައްޔިތުން އިގުތިސާދީ ގޮތުން ބާރުވެރި ކުރުވުމުގެ ތަސައްވުރު އޮތީ އެމްޑީޕީގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ވެރިކަންކުރާ ޕީއެންސީ މެންބަރު އަޙްމަދު އަޒާންގެ އިލްތިމާސް: ޖުލައި 1 ގައި އެމްޕީ އަޙްމަދު އަޒާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަންކެޑެ މަޝްރޫއު ހުއްޓާލައި, އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ނިންމި ނިންމުމާއި، އައްޑޫގެ ގިނަ ރައްޔިތުންނެކޭ އެއްގޮތަށް އޭނާ ވެސް ދެކޮޅުކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަންކެޑެ މަޝްރޫއަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ތަރައްގީކުރަން ނިންމާފަވާ މަޝްރޫއެއްކަމަށާއި، މި ސަރުކާރު ވެރިކަމަށް އައިއިރު ލޯނު އެއްބަސްވުމުގައި ސޮއިކޮށްފައި ނުވިނަމަވެސް، ލޯނުގެ ކަންކަން އޮތީ ވަރަށް އެޑްވާންސްޑް ސްޓޭޖެއްގައިކަމަށާއި އަދި ކޮންޓްރެކްޓަރަށް ދައްކަންޖެހޭ އެޑްވާންސް ފައިސާއިން ބައެއް ވެސް އޭރު ދައްކާފައިވާކަމަށެވެ.
އަޒާން ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުން ވެސް ކުރިން ނިންމީ ކުރީސަރުކާރުން ފަށާފައި އޮތް ހަންކެޑެ މަޝްރޫއު ކުރިއަށް ގެންދަންކަމަށެވެ. އަދި 2024 ވަނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު 'މަޝްރޫއު އިފްތިތާހުކުރުމަށް' ބޮޑު ރަސްމިއްޔާތެއް ބޭއްވިކަމަށާއި، އޭގެ ފަހުން ކުއްލިއަކަށް މިހާރު އެ މަޝްރޫއު ކެންސަލްކޮށް އެ ސަރަހައްދު އެހެން ކޮންސެޕްޓަކަށް ތަރައްގީކުރަން ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.
ހަންކެޑެ މަޝްރޫއަށް ބޭނުންވާ ލޯނުގެ ކަންކަން މަޑުޖެހިފައިވަނީ ދިވެހި ސަރުކާރުން, ޗައިނާގެ އެކި ބޭންކުތަކަށް ދައްކަންޖެހޭ ދަރަނި ފަސްކޮށްދިނުމަށް އެދުމާ ގުޅިގެންކަމަށާއި، އެ އިޖުރާތުތައް ހިނގަމުން ދަނިކޮށް އާލޯނެއް ދިނުން ޗައިނާގެ ޤާނޫނުތަކާއި ގަވާއިދުތައް ތަން ނުދޭކަމަށާއި، އޭނާގެ ނަޒަރުގައި ހަންކެޑެ މަޝްރޫއުގެ ލޯނުގެ ކަންކަން ހަމަނުޖެހުނީ އެ ލޯނުގެ ކަންތައް ނުނިމެނީސް، ދަރަނި ފަސްކޮށްދޭން ޗައިނާ ސަރުކާރުގައި އެދުމުން ކަމަށް އަޒާން ވިދާޅުވިއެވެ.
ދެއިރު ދެދަޅައަށް އާ ނަމެއް ކިޔާފަ މަޝްރޫއެއް އިއުލާން ކުރިއަސް، އައްޑޫއަށް އިންވެސްޓު ކުރާނެ ބަޔަކު ހޯދުމަކީ ފަސޭހަކަމެއް ނޫންކަމަށާއި އައްޑޫ އަކީ ފަތުރުވެރިކަން އެހާ ބޮޑަށް ކުރިއަރާފައިވާ ސަރަހައްދަކަށް ނުވާތީ، އަބަދުވެސް އައްޑޫއަށް މި ގޮންޖެހުން ކުރިމަތިވާ ކަމަށް ވެސް އަޒާން ވިދާޅުވިއެވެ. އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި އައްޑޫގަ ހުރި ބައެއް ރަށްތައް ޑިސްކައުންޓު ރޭޓުތަކުގައި އިއުލާން ކުރުމުންވެސް އިންވެސްޓު ކުރާނެ ބަޔަކު ނުވާކަމަށެވެ.
ސަރުކާރާއި، އައްޑޫގެ ވިޔަފާރިވެރިންނާއި ކައުންސިލް ހިމެނޭ ގޮތަށް ހަންކެޑެ މަޝްރޫއު ހިމަނައިގެން އައްޑޫ މާކެޓް ކުރުމަށް އެތައް މަސައްކަތެއް ކުރެވި އަދި ކުރެވެމުން ދަނިކޮށް، އަދި ކޮންޓްރެކްޓަރަކާ ހަވާލުކުރެވި، ރާއްޖޭގެ ތަރައްގީގެ ބޮޑު ބައިވެރިއެއް ކަމަށްވާ ޗައިނާގެ ބޭންކަކުން ލޯނެއް ނަގަން ތައްޔާރުވެފައި އޮތް މަޝްރޫއެއް، ކަމާ ގުޅޭ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް، ކުއްލިއަކަށް ހުއްޓާލުމަށް ނިންމުމަކީ ބޭންކުތަކާއި އިންވެސްޓަރުންގެ އިތުބާރުވެސް ގެއްލޭނެ ކަމެއްކަން އަޒާންގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އޭނާ ވަނީ ސަރުކާރުގެ އެ ނިންމުން ބަދަލުކުރުމަށް ވެސް ގޮވާލައްވާފައެވެ.
ދިވެހިރާއްޖޭގެ މަޝްހޫރު ލިޔުންތެރިޔާ އަދި ސިޔާސީ އެކްޓިވިސްޓް ލޫކަސް ޖަލީލު މިމައްސަލާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ހަންކެޑެއަކީ 1.2 ބިލިއަން ރުފިޔާގެ މަގު ހެދުމުގެ މަޝްރޫއެއްގެ ތެރެއިން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން މީހުން އުޅޭ ރަށްތަކާ ވަކިކުރުމަށް ޚާއްޞަ ބްރިޖެއް ހަދާފައި އޮތް ރަށެއްކަމަށާއި އެ ހުރިހާ ޚަރަދެއް އެ ކުޑަ ރަށް ވަކިކުރަން ކުރީ ފަތުރުވެރިކަމުގެ ބޮޑު އިންވެސްޓްމަންޓެއް އައްޑޫއަށް ގެނައުމަށް ކަމަށާއި، އަލަށް ތަޖުރިބާކުރަން ފަށާ “ހަލާލް ފަތުރުވެރިކަމުގެ” ރަށަކަށް ހަދާ ނަމަ އެއީ އައްޑޫ ރައްޔިތުންނަށް ދެވޭ ގެއްލުމެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް މައިގަނޑު ގޮތެއްގައި އަމާޒުވެފައިވަނީ ހަލާލު ފަތުރުވެރިކަމުގެ މޮޑެލަށް ބަދަލުވުމުން އައްޑޫގެ އިގްތިސާދީ ތަރައްގީއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ މައްޗަށެވެ. މި ފާޑުކިޔުންތަކުގައި ފާހަގަކުރެވޭ މައިގަނޑު ނުކުތާތަކުގެ ތެރޭގައި ހިމެނެނީ:
އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅުން: ހަލާލު ފަތުރުވެރިކަމުގެ މޮޑެލަށް ބަދަލުވުމުން، އައްޑޫއަށް ލިބޭނެ އިގްތިސާދީ މަންފާ މަދުވެ، ކުރިން ވައުދުވެފައިވާ އިގްތިސާދީ ކުރިއެރުން ހާސިލްނުވެދާނެކަމުގެ ބިރު.
ބައިނަލްއަގުވާމީ ޝައުގުވެރިކަން ދަށްވުން: މަޝްރޫއުގެ ދާއިރާ ހަނިވުމުގެ ސަބަބުން، ދުނިޔޭގެ ތަފާތު ބާޒާރުތަކުގެ ޝައުގުވެރިކަން ދަށްވެ، ފަތުރުވެރިންގެ އަދަދު މަދުވެދާނެކަމުގެ ކަންބޮޑުވުން.
ވަޒީފާގެ ފުރުސަތުތައް މަދުވުން: ހަލާލު ފަތުރުވެރިކަމަށް އަމާޒުކުރުމުން، ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ ފުރުސަތު ގެއްލި، ވަޒީފާގެ ފުރުސަތުތައް މަދުވެދާނެކަމުގެ ބިރު.
ތަރައްގީގެ ވައުދުތައް ފުރިހަމަނުވުން: ކުރީގެ ސަރުކާރުތަކުން ދީފައިވާ ތަރައްގީގެ ވައުދުތައް ފުރިހަމަނުވެ، އައްޑޫގެ ރައްޔިތުންގެ އުންމީދުތައް ފުނޑިގެންދިއުމުގެ ބިރު.
ސިޔާސީ މަގުސަދުތައް: މަޝްރޫއުގެ މޮޑެލް ބަދަލުކުރުމަކީ އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުމަށް ކުރެވޭ ސިޔާސީ މަސައްކަތެއްކަމުގެ ޝައްކު.
އައްޑޫ ސިޓީގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް
އައްޑޫ ސިޓީގެ ރައްޔިތުން ވަނީ މިމައްސަލައިގައި ސަރުކާރުގެ ކުރި އިއުލާނާ ގުޅިގެން ނުހަނު ބޮޑުކޮށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ހަންކެޑެ ހަލާލު ފަތުރުވެރިކަމުގެ މަޝްރޫއުގެ ތެރެއަށް ލާފައިވާކަން ބަޔާންކޮށް ސަރުކާރުން މިކުރި އިއުލާނަކީ އައްޑޫގެ ރައްޔިތުންނަށް ސަރުކާރުތަކުން ގިނަ އަހަރުތަކެއް ވަންދެން ވަމުން އައި ވައުދުތަކާ މުޅީން ޚިލާފަށް ކޮށްފައިވާ އިޢުލާނެކެވެ. މިކަމާ ގުޅިގެން މީސް މީޑިއާގައި ކުރެވިފައިވާ ޕޯސްޓުތަކުން މި ކަންބޮޑުވުންތައް ހާމަވެގެންދެއެވެ. މިގޮތުން މިކަމާގުޅިގެން އެކްސްގައި ޒުވާނަކު ކުރި ޕޯސްޓެއްގައި ލިޔެފައި އޮތީ ހަންކެޑެއަކީ ހަމައެކަނި މަޝްރޫއެއް ނޫންކަމަށާއި އެއީ އައްޑޫގެ ޒުވާނުންނަށާއި، އިގްތިސާދަށާއި، ފަޚުރަށް ވެފައިވާ ވައުދެކެވެ. އައްޑޫ ހަންކެޑެ މަޝްރޫއަށް ގެނެވޭ އެއްވެސް ބަދަލަކީ އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ގާބިލުކަން ނައްތާލުމަށާއި ފުނޑާލުމަށް ކުރެވޭ ފުޅާ މަސައްކަތެއްގެ އަލާމާތެކެވެ."
މި ޕޯސްޓުން ދޭހަވަނީ މި މިމަޝްރޫއުގެ މުހިންމުކަން އައްޑޫ ސިޓީގެ މުޖުތަމައަށް އޮތް މިންވަރެވެ. މި ޕޯސްޓު އަމާޒުކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، އައްޑޫ ސިޓީ ކައުންސިލަށާއި، ރައީސް މުޢިއްޒަށާއި، އައްޑޫ ސިޓީގެ މޭޔަރަށެވެ.
އައްޑޫ ސިޓީގެ ރައްޔިތުން ކަންބޮޑުވެފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
އަސްލު ޕްލޭނުން އެއްކިބާވުން: ހަލާލު ފަތުރުވެރިކަމުގެ މޮޑެލަށް ބަދަލުވުމަކީ އެތައް އަހަރެއް ވަންދެން ކުރިއަރުވަމުން އައި، އެންމެނަށް ހުޅުވާލެވިފައިވާ ފަތުރުވެރިކަމުގެ ތަސައްވުރާ ދުރު ބޮޑު ބަދަލެއް ކަމުގައި ރައްޔިތުން ދެކެއެވެ. މި ބަދަލުގެ ސަބަބުން ވަޒީފާގެ ފުރުސަތުތަކާއި އިގްތިސާދީ ފައިދާތައް ކުޑަވެދާނެކަމުގެ ބިރު ރައްޔިތުންގެ މެދުގައި އުފެދިފައިވެއެވެ. އެހެނީ ހަލާލު ފަތުރުވެރިކަމުން ޚިދުމަތް ދެވޭނީ މާކެޓުގެ ހަނި ބަޔަކަށް ކަމަށް ބެލެވެލެވޭތީއެވެ.
ހާމަކަން ކުޑަވުމާއި މަޝްވަރާ ނުކުރުން: ދިވެހިރާއްޖޭގެ އެހެން މަޝްރޫއުތަކުގައިވެސް ފާހަގަކުރެވިފައިވާ ފަދައިން، މަޝްރޫއުތަކާ ގުޅޭ ނިންމުންތައް ނިންމުމުގެ މަރުހަލާތަކުން އައްޑޫގެ ރައްޔިތުން އެއްކިބާކުރެވިފައިވާ ކަމަށް އެ ރައްޔިތުންނަށް އިހުސާސްވެއެވެ. ސަރުކާރުން އެއްފަރާތުން ނިންމައިގެން ކުރި އިއުލާނުގެ ސަބަބުން އިހުމާލުކުރެވުމާއި އަޅާނުލެވުމުގެ އިހުސާސްތައް އިތުރުވެފައިވެއެވެ.
ދިވެހިރާއްޖެއަކީ ރީތި މޫދާއި، މޫދުކޮޓަރިތަކާއި، ދޮންވެލި ގޮނޑުދޮށްތަކަށް މަޝްހޫރު، މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރެވޭ ގައުމެކެވެ. އެހެންނަމަވެސް، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކަލާއި، މާލެއާ އައްޑޫ އަދި އެހެނިހެން ރަށްތަކުގެ މެދުގައި ހުރި އިގްތިސާދީ ފަރަގުގެ ސަބަބުން އުފެދިފައިވާ ގޮންޖެހުންތަކާ ކުރިމަތިލަމުން އަންނަ ގައުމެކެވެ. ހަންކެޑަ މަޝްރޫއަކީ ފަތުރުވެރިކަމުގެ ތަރައްގީ ލާމަރުކަޒީކޮށް، އައްޑޫއަށް އިގްތިސާދީ ފުރުސާތުތައް ފަހިކޮށްދީ، މި ތަފާތުތަކުގެ ބައެއް މައްސަލަތައް ހައްލުކޮށްދޭނެ ކަމެއްގެ ގޮތުގައި ބެލެވުނެވެ. ހަލާލު ފަތުރުވެރިކަމަށް ބަދަލުވުމަކީ، މިފަދަ ޚިދުމަތްތަކަށް ދުނިޔޭގައި އޮތް ޑިމާންޑަށް ބަލާއިރު ފައިދާ ބޮޑު ކަމަކަށް ވެދާނެ ނަމަވެސް، މިކަމުގެ ހިކުމަތްތެރިކަމާއި ދިވެހިރާއްޖޭގެ ގާއިމުވެފައިވާ ފަތުރުވެރިކަމުގެ ބްރޭންޑާ ގުޅޭ މިންވަރާމެދު ކަންބޮޑުވުންތައް ފާޅުކުރެވިފައިވެއެވެ.
ނިންމުން
ހަންކެޑެއިގައި ފަތުރުވެރިކަން ތަރައްގީކުރުމުގެ މަޝްރޫއަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ސަރުކާރުތަކުން ވޭތުވެދިޔަ ދެ ދަހަރެއްހާ އަހަރުގެ ތެރޭގައި ދައްކަމުން އަންނަ އުންމީދީ ތަސައްވުރެކެވެ. މި މަޝްރޫއަކީ އިގްތިސާދީ ކުރިއެރުމާއި ސިޓީގެ ތަރައްގީގެ ނިޝާނެކެވެ. ރައީސް ޞާލިޙްގެ ސަރުކާރުން މި ވިސްނުން ހަގީގަތަކަށް ހެދުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވީ ނަމަވެސް، ރައީސް މުޢިއްޒުގެ ސަރުކާރުން މިފަހުން ހަންކެޑަ ހަލާލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމި ނިންމުމުގެ ސަބަބުން މިވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އިދިކޮޅު ސިޔާސީ ފަރާތްތަކުން، އޭގެ ތެރޭގައި ފައްޔާޟް އިސްމާޢީލް ފަދަ ބޭފުޅުންނާއި އައްޑޫއަށް ނިސްބަތްވާ ވެރިކަންކުރާ ޕީ.އެން.ސީގެ މެންބަރު އަޒާން އަޙްމަދު ފަދަ ބޭފުޅުން ހިމެނޭ ގޮތުން، މި ނިންމުމަކީ އައްޑޫގެ އިގްތިސާދީ އުންމީދުތަކަށް ހުރަސްއެޅިދާނެ ކަމެއްކަމަށް ވިދާޅުވެފައިވެއެވެ.
ބޮޑު ޚަރަދެއްކޮށްގެން މަރަދޫއާއި ހިތަދޫއާ ދޭތެރޭގައި ބައިޕާސް ބްރިޖެއް އަޅައި މީހުން ދިރިއުޅޭ އަވަށްތަކާ ހަންކެޑެ ވަކިކޮށް، އަދި ބްރިޖް މަރަދޫއާ ގުޅުވުމަށް މަރަދޫގެ އަތިރިމަތީގައި އަގުބޮޑު ސަރަހައްދެއްގައި ހުރި ރައްޔިތުންގެ ގޯތިތައް ވެސް ނަގާފައި ވަނިކޮށް، ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް ހަންކެޑެއިގެ މަޝްރޫއު ކުރިއަށް ނުދާނެ ކަމުގެ ބިރު މިއަދު މިވަނީ އުފެދިފައެވެ. ރައްޔިތުންގެ އުންމީދުތައް ފުނޑުފުނޑުވެގެން ގޮސް، ހަންކެޑަ ފަތުރުވެރިކަމުގެ މަޝްރޫއުގެ ތަސައްވުރު އަނެއްކާވެސް ބިލާހަކަށް ވެދާނެކަމުގެ ބިރު މިއޮތީ ހީވެފައެވެ.
މި މަޝްރޫއުގެ ކުރިމަގާމެދު ނިންމުމެއް ނިންމުމުގައި، ސަރުކާރުން އެންމެހައި ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަކީ މުހިންމު ކަމެކެވެ. އައްޑޫގެ އިގްތިސާދީ ތަރައްގީއަށާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ދެމެހެއްޓެނިވި ކުރިއެރުމަށް އެންމެ ފައިދާހުރި ގޮތަކަށް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކެއްގެ މަސްލަހަތު ހިމާޔަތްކުރެވޭ ފަދަ ގޮތަކަށް މި މަޝްރޫއު ރޭވި، ތަންފީޒުކުރެވިގެން ދިއުމަކީ އެދެވިގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު