ދެމެހެއްޓެނިވި ތަރައްޤީއަށް ކަނޑުތަކުގެ ދުޅަހެޔޮކަން ވަރަށް މުހިންމު ކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފައިނޭންސިންގ ފޮރ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް (އެފް.އެފް.ޑީ.4) ގެ އިތުރު ހަރަކާތެއްގެގޮތުގައި، "ބްލެންޑެޑް ފައިނޭންސް އޮޕޮޗުނިޓީ ފޯ މެރީން ބަޔޯ ޑައިވަރސިޓީ: ކޭސް ސްޓަޑީ އޮން ކޮރަލް ރީފް އިންޝުއަރެންސް އެންޑް ބްލޫ އިކޮނޮމީ ފައިނޭންސިންގ" ގެ ނަމުގައި ރާއްޖެއިން ބޭއްވި ސައިޑް އިވެންޓުގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގެ ކަނޑުތަކަކީ ކާބޯތަކެތީގެ ރައްކާތެރިކަމާއި އާމްދަނީ ހޯދުމުގެ މައިގަނޑު މަސްދަރު ކަމުގައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް ބިނާވެފައިވަނީ، ރާއްޖޭގެ ކަނޑުގެ ދިރުންތަކުގެ ތަފާތު އަދި ޚާއްޞަ ސިފަތަކުގެ މައްޗަށްކަމުގައިވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
އަދި މުރަކަ ހުދުވުމުގެ ހާދިސާތައް އިތުރުވަމުންދާ މިންވަރާއި، ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑިކަމުގައިވަ "ކަނޑުގެ ދިރުން" ތައް ހިމާޔަތް ކުރަން އެކަށީގެންވާ ފަންޑިންގ ނުލިބޭކަމާމެދު ނައިބު ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މިކަން ބަދަލުކުރަންޖެހޭނެކަން ފާހަގަކުރައްވަމުން، މިއީ ޤަބޫލުފުޅުކުރެއްވޭނެ އަދި ދެމެހެއްޓެނިވި ގޮތެއްވެސް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވަނީ ރާއްޖޭގެ މުރަކަ ހިމާޔަތްކުރުމަށް، އިންޝުއަރެންސް އިނީޝިއޭޓިވް ތަޢާރަފުކުރެއްވިކަން އިޢުލާނުކުރައްވާފައެވެ. މި އިނީޝިއޭޓިވްގެ މަޤްޞަދަކީ ރިސްކް އަގުކުރުމާއި، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްވުމަށް މާލީ އެހީގެ ޒަރީޢާއިން ކަނޑުގެ ދިރުންތައް ހިމާޔަތް ކުރުމަށް، މާލީއެހީ ހޯދުމަށް ހުރި ހުރަސްތައް ފޫބެއްދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ބްލޫ އިކޮނޮމީގެ ތެރޭގައި ހިންގާ ކުދި، އަދި މެދުފަންތީގެ ވިޔަފާރި (އެމްއެސްއެމްއީ) ތަކަށް ބޭނުންވާ މާލި އެހީ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި މީގެސަބަބުން ލޯނު ދޫކުރުމުގައި ހުރި ހިރާސްތައް ކުޑަކުރެވި، ވިޔަފާރިތަކުގެ ޤާބިލުކަން އިތުރުވެ، ވުނަކުރުމަށް މާލީދާއިރާއިން ފުރުސަތުތައް އުފެއްދުމަށްވެސް މަގުފަހިވެގެންދާނެ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްގެ ނާޒުކުކަން ފާހަގަކުރައްވަމުން، ނައިބު ރައީސް ވިދާޅުވީ މި ޤައުމުތަކަށް ތަރައްޤީއަށް ބޭނުންވާ މާލީ އެހީ ލިބުމަކީ މި ޤައުމުތަކުގެ ދެމިއޮތުމަށް ކޮންމެހެން ބޭނުން ކަމެއް ކަމުގައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ރިޢާޔަތްކޮށް، ދުނިޔޭގެ މާލީއެހީގެ ނިޒާމު އިޞްލާޙުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު