ރ. ފައިނުގައި ޖޫން 26 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޓީޗަރުވެސް މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ފައިނު ސޯސަންމަގުގައި އެ އެކްސިޑެންޓް ހިނގީ 18 އަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލްގެ ދަރިވަރަކު ދުއްވި ސައިކަލެެއް މަގުމަތީގައި ކަސްރަތަށް ހިނގަން ނުކުމެ އުޅުނު އެ ރަށު ސްކޫލްގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ސްކޫލް ދެ ކުދިންނާއި ޕްރިންސިޕަލް އަދި ޓީޗަރަކަށެވެ.
އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެން، ޓީޗަރާއި ދެ ކުދިން ފުރަތަމަ ގެންދިޔައީ ރ. އަތޮޅު އުނގޫފާރު ހޮސްޕިޓަލަށެވެ. އަދި އިތުރު ފަރުވާއަށް ޖޫން 27 ވަނަ ދުވަހު މާލެ ގެނައެވެ.
މާލެ ގެނައުމަށްފަހު، 14 އަހަރުގެ ފިރިހެން ކުއްޖާއާއި 16 އަހަރުގެ ފިރިހެން ކުއްޖާ އަދި 49 އަހަރުގެ ފިރިހެން ޓީޗަރަށް ފަރުވާ ދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގައެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އައިޖީއެމްއެޗުން ބުނީ ދެ ކުދިން ޖޫން 29 ވަނަ ދުވަހު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށެވެ.
އަދި މިހާރު ޓީޗަރު ވެސް ވެންޓިލޭޓަރުން ނަގާ، އެންމެންނަށް ވެސް ފަރުވާ ދެމުން ގެންދަނީ ވޯޑުގައި ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު