އައްޑޫސިޓީ ހިތަދޫގައި ކަފިހުރަސް މަތިން ހިނގާފައި މަގު ހުރަސް ކުރި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިގައިފިއެވެ.
ފުލުހުން މިރޭ ބުނީ، ކަފިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވެފައިވާ މައްސަލަ މިރޭ 7:24 ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންނަށް ފަރުވާ ދިނުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ނަަމަވެސް އެއްވެސް މީހަކަށް ސީރިއަަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.
މި އެކްސިޑެންޓުގެ ވީޑިއޯއެއް މީސްމީޑިއާގައި މިހާރު ދައުރުވަމުން ދާއިރު އެ ވީޑިއޯއިން ފެނިގެން ދަނީ ކަފިހުރަސް މަތިން އުމުރުން ދުވަސްވީ ފިރިހެނަކު ހިނގަމުން ދިޔަ ވަގުތު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް އެ މީހާގެ ގައިގައި ޖެހިފައި ވެއްޓޭ ތަނެވެ. އެ ވީޑިއޯގައި ސައިކަލުން ޖެހުނު މީހާގެ އިތުރުން ސައިކަލު ދުއްވަން އިން މީހާވެސް ވެއްޓޭ މަންޒަރު ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު