މަރްޔަމް ނަހްދާ ވަޙީދު   3 ޖުލައި 2025 - 7:7
މާޗާ ގްރީން ޓީ
މާޗާ ގްރީން ޓީ
މާޗާ ގްރީން ޓީ އަކީ މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަރަށް ގިނަ މީހުންގެ މެދުގައި މަގުބޫލު ބުއިމެކެވެ. ރާއްޖޭގައިވެސް ވަރަށް ގިނަ މީހުންނަށް މި ބުއިން ކަމުދެއެވެ. މާޗާ ބޭނުންކޮށްގެން ޕްރޮޓީން ޝޭކް، ބޯބާ އަދި މި ނޫންވެސް ތަފާތު އެކި ބުއިންތައް ތައްޔާރު ކުރެއެވެ. މި ބުއިމަކީ ވަރަށް ފައިދާހުރި ބުއިމެކެވެ.

މާޗާ ބުއިމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ހަށިގަނޑަށް ހަކަތަ ލިބުމެވެ. ކޮފީ އިން ހަށިގަނޑަށް ހަކަތަ ލިބޭ ފަދައިން، މި ބުއިމުންވެސް ހަށިގަނޑަށް ހަކަތަ ލިބޭ ކަމަށް ގިނަ ރިޕޯޓުތަކުގައި ވެއެވެ. މީގައި ހިމެނޭ އެލް ތިއެނީން ނަމަކަށް ކިޔާ އެމިނޯ އެސިޑަކީ މީހާގެ ސަމާލުކަން އިތުރުކޮށްދީ، އެންޒައިޓީ އިން މީހާ ދުރުކޮށްދޭ މާއްދާއެކެވެ. ހަށިގަނޑު ހަމަޖެހިފައިވުމުން ހަކަތަ ބޭނުން ކުރަން ޖެހޭ ވަރު މަދުވެއެވެ.

މިއީ 'ޖެންޓަލް' ޑިޓޮކްސް އެއް ކަމަށްވެސް ވަރަށް ގިނަ ރިޕޯޓުތަކުގައި ވެއެވެ. މީގައި ވަރަށް ގިނަ އަދަދަކަށް ކްލޮރޮފީލް ހިމެނެއެވެ. އެހެންކަމުން މި ބޭނުން ކުރުމުން ހަށިގަނޑުގައި ހުންނަ ދަގަނޑުގެ ބާވަތްތަކާއި ވިހަ މާއްދާތައް ހަށިގަނޑުން ބޭރުކޮށްދެއެވެ. އަދި ފުރަމޭގެ މަސައްކަތްތައްވެސް ރަނގަޅު ކޮށްދެއެވެ.

މީގެ އިތުރުން މާޗާ ބުއިމުން މީހާގެ ހަންގަނޑުވެސް ރީތިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މާޗާގައި ގިނަ އަދަދަކަށް ކެޓެޗިންސް ހިމެނޭއިރު، މިއީ އޮކްސިޑޭޓިވް ސްޓްރެސްއާަ މީހާ ދުރުކޮށްދޭ މާއްދާއެކެވެ. އެހެންވެ މި ބުއިމުން ހަންގަނޑުގައި ބިހި ނެގުން ހުއްޓުވައިދީ، ހަންގަނޑު ތާޒާކޮށް އަލިކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން