ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމް
ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހްމަދު ޝިޔާމަށް ކޮށްފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ދަޢުލަތުން އަނބުރާ ގެންގޮސްފިއެވެ.

ދަޢުލަތުން ޝިޔާމަށް ދައުވާ ކޮށްފައިވަނީ ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ޝިޔާމް ހުންނެވި ދުވަސްވަރު، ކ. ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގައި ހުރި ވީއައިޕީ ގެއެއްގައި، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި (އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަކަށް) އޭނާގެ ބައްޕާފުޅު އިބްރާހިމް ޝާކިރު ދިރިއުޅުއްވުމަށް ބަހައްޓަވައި، އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކުރެއްވި މައްސަލައިގައެވެ.

މި މައްސަލައާ ގުޅިގެން ޝިޔާމުގެ މައްޗަށް، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާއި ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މި މައްސަލާގައި މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އެދައުވާ ޝިޔާމަށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ. އެހެންވެ ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ހައިކޯޓަށް ހުށަހެޅީ، މިއަހަރުގެ ޖަނަވަރީގައެވެ.

ނަމަވެސް މިދިޔަ މަހުގެ 30ވަނަ ދުވަހު ހައިކޯޓުން އެދައުވާ ބާތިލްކޮށް ނެރުނު ރިޕޯޓުގައި ވަނީ މި މައްސަލަ ހިނގައިދިޔަތާ ހަތް އަހަރުވެފައި ވާއިރު، ޝިޔާމުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައި ނުވާތީ މި މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް އޮތްކަމަށް އެ އޮފީހަށް ނުފެންނަ ކަމަށެވެ.

އެހެންކަމުން ޕީޖީ އޮފީހުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފައިކަމަށް މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން