އިނގިރޭސިވިލާތުގައި ކޮވިޑް-19 އާއި ދެކޮޅަށް އިޖާދުކޮށް ތައްޔާރު ކުރަމުންދާ ފަރުވާއެއް ކަމަށްވާ ނޭފަތައްޖަހާ ސްޕްރޭއެއްގެ ތަހުލީލުތައް ފަށައިފިއެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެކްސިން އެއް ފަދައިން ބޭނުން ކުރާ މި ސްޕްރޭ ބޭނުންކޮށްގެން ސީދާ ފުއްޕާމެއައް ވެކްސިންގެ އަސަރު ކޮށްދޭނެ ކަމަށް ބުނެފައި ވެއެވެ.

ލަންޑަންގެ އިމްޕީރިއަލް ކޮލެޖުން ކުރިއަށް ގެންދާ މިތަހުލީލުތަކުގައި، އޮކްސްފޯޑުގެ ވެކްސިން އާއި އިމްޕީރިއަލް އިން ހަދަމުންދާ ވެކްސިންގެ ހޯދުންތައް ބޭނުން ކުރެވޭނެއެވެ. އަދި މި ތަހުލީލުތަކުގައި، 30 ހެލްތު ވޯކަރުންގެ ނޭފަތަށް މި ސްޕްރޭ ކުރާ ވެކްސިންދެވޭނެއެވެ.

ކޮވިޑް ޖައްސާ ވައިރަސް އަކީ ނޭފަތާ އަނގައިގެ ޒަރިއްޔާއިން ފުއްޕާމެއަށް އަސަރުކުރާ ވައިރަހެއްކަމަށް، މި ތަހުލީލު ތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރ ކްރިސް ބުނެފައިވެއެވެ. އަދި ނޭވާލާ ނިޒާމުގެ ދިފާއި ނިޒާމު ހަރަކާތްތެރިވާނީ، ހަށިގަނޑުގެ އެހެން ގުނަވަންތަކުގެ ދިފާއީ ނިޒާމާ ތަފާތުކޮށް ކަމަށްވެސް ޑޮކްޓަރ ކްރިސް ބުނެފައިވެއެވެ. އެގޮތުން ސީދާ ނޭވާ ދަތުރު ކުރާ ސަރަހައްދަށް ވެކްސިންގެ އަސަރު ކުރުމުން، ވެކްސިންގެ ފަރާތުން ލިބެންވާ ފައިދާ ބޮޑުވާނެއެވެ.

ކޮވިޑް-19 އަށް ގިނަ ވެކްސިންތަކެއް އުފެއްދަމުން ދިޔަ ނަމަވެސް، ނޭފަތަށް ޖަހާ ސްޕްރޭ އެއްގެ ޒަރިއްޔާއިން ކުރެވޭ މިތަހުލީލުތަކުގައި، ވެކްސިން ގެ އަސަރު ސީދާ ފުއްޕާމެއަށް ކޮށްގެން ކޯވިޑް ހުއްޓުވުމުގައި ކާމިޔާބުތޯ މިދިރާސާގައި ބެލޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން