ނ. މާފަރާއި އެއްފަޅެއްގައި އޮންނަ ފަރުމުލީގައި ރިސޯޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިރޭ ގެޒެޓުގައި އާންމުކުރި އިއުލާނުގައި ބުނެފައިވަނީ ފަރުމުލީގައި ރިސޯޓު ތަރައްގީކޮށް ހިންގަން ބީލަމަށް ހުޅުވާލާފައިވާކަމަށާއި ބީލަމުގެ ދަށުން ދެނީ 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދާއެކު 15 ހެކްޓަރަށްވުރެ ބޮޑު ނޫން ރަށެއް ހިއްކުމަށް ކަމަށެވެ.
އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހާއި އަންނަ މަހުގެ 18 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުންތަކުގައި ބައިވެރިވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. ބީލަން ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ އަންނަ ސެޕްޓެމްބަރު މަހުގެ 10 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ.
ކުރިން ފަރުމުއްޔަކީ 15 އޭޕްރީލް 2024 ގައި ރައީސް ނެރުއްވި ގަރާރުގައި ނ. މާފަރުގެ އިހުތިސާސްގެ ތެރޭގައި ހިމެނުއްވި ތަނެކެވެ. ނަމަވެސް، މިއަދު އެތަންވަނީ މާފަރުގެ އިހުތިސާސުން ވަކިކޮށް، ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ނިންމަވާ އާ ގަރާރެއް ނެރުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު