ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު
އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ އެތައް ބައެއްގެ ފުރާނަ ގެއްލި، ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ވަނީ މި ހިތާމަވެރި ހާދިސާ އާއި ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ.

އަދި ރައީސް ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެން މި ހާދިސާގެ އަސަރުކުރި ފަރާތްތަކަށް އަވަސް ފުރުސަތެއްގައި ކުރީގެ ދިރިއުޅުމަށް ވާސިލުވެވޭނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

އެމެރިކާގެ ޓެކްސަސް އަށް ބޯކޮށް ވާރޭވެހެމުންދާ އިރު އެ ސްޓޭޓުން މިހާތަނަށް 69 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ސްޓޭޓުން މީހުން ސަލާމަތްކުރުމަށްޓަަކައި ގިނަ އަދަދެއްގެ ރެސްކިއު ޓީމުތަކުން މަސައްކަތް ކުރަމުންދާއިރު، އެ ޓީމުތަކުގެ މަސައްކަތުން 800 އެއްހާ މީހުން ސަލާމަތް ކުރެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން