ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ޤާއިމުކޮށްފައިވާ ހެލްޕް ލައިނުން އަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުންނަށް ހިދުމަތް ފޯރުކޮށްދީފިއެވެ.
ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން، ނަފްސާނީ ޞިއްޙަތުގެ ޤައުމީ ހެލްޕްލައިން 1677 އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރު ފެބްރުއަރީ މަހުއެވެ.
މި ހެލްޕްލައިންގެ މައިގަނޑު މަޤްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން 24 ގަޑިއިރު ލިބިގެން ދިއުމެވެ.
ހެލްތު މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި ހެލްޕްލައިނުން ފެބްރުއަރީ 2024 އިން ފެށިގެން ޑިސެމްބަރ 2024 ގެ ނިޔަލަށް 2576 ފަރާތަކަށް މި ހެލްޕްލައިނުން ހިދުމަތް ފޯރުކޮށްދީފައި ވެއެވެ. އަދި ޖެނުއަރީ 2025 އިން 5 ޖުލައި 2025 ނިޔަލަށް 5820 ކޯލަކަށް އެޓެންޑްވެފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ ތެރޭގައި ނަފްސާނީ ސިއްޙަތުގެ ޚިދުމަތް ލިބެން ހުންނަ ތަންތަނާއި ނަފްސާނީ ސިއްޙަތާ ގުޅުން ހުރި މައުލޫމާތު ސާފުކުރުމަށް ގުޅާ ކޯލްތަކާއި، ނަފްސާނީ އެހީތެރިކަން ބޭނުންވެގެން ގުޅާ ކޯލްތަކާއި، ކްރައިސިސްގެ ހާލަތުގައި ގުޅާ ކޯލްތަކާއި، ފޮލޯއަޕް އަދި ރެފެރަލް ހެދުމަށް ގުޅާ ކޯލްތައް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު