މަރްޔަމް ނަހްދާ ވަޙީދު   8 ޖުލައި 2025 - 8:59
އަންނާރު
އަންނާރު
އަންނާރަކީ އޭގެ ރީތިކަމާއި ރަހައިގެ ސަބަބުން ގިނަ ބަޔަކަށް ކަމުދާ މޭވާއެކެވެ. މިއީ ކެއުމުގެ ބޭނުމަށާއި ބޭސްވެރިކަމަށް ދުނިޔެގެ އެކިކަންކޮޅުތަކުގައި ބޭނުން ކުރާ މޭވާއެކެވެ. ކޮންމެ ދުވަހަކު އަންނާރު ކާނާމަ ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިބެއެވެ.

އަންނާރަކީ ވަރަށް ގިނަ އެންޓި އޮކްސިޑެންޓުތައް އޭގައި އެކުލެވޭ މޭވާއެކެވެ. އޭގެ ތެރޭގައި ޕިއުނިކަލަޖިންސް އާއި، އެންތޯސަޔަނިންސް ހިމެނެއެވެ. މިއީ ހަށިގަނޑު އޮކްސިޑޭޓިވްސް ސްޓްރެސްއާ ދުރުކޮށް، ޕްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތައް ރައްކާތެރިކޮށްދޭ މާއްދާތަަކެކެވެ. ފްރީ ރެޑިކަލްސްއަކީ، ކެންސަރު، ހިތުގެ ބަލިތައް އަދި އަނިޔާ ލިބިފައިވާ ސެލްތައް އުފައްދާ މައިގަނޑު އެއް ސަބަބެވެ. ކޮންމެދުވަހަކު އަންނާރު ކެއުމުން މި ބަލިތަކުން ދުރުހެލިވުމަށް އެހީތެރިވެދެއެވެ. އެހެންކަމުން، އަންނާރު ކެއުމަކީ ހަށިގަނޑުގެ ސެލްތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މިއީ ހިތުގެ ބަލިތަކުން މީހާ ރައްކާތެރިކުރުމުގައިވެސް އެހީވެދޭ މޭވާއެކެވެ. އަންނާރުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވިޔަ ނުދީ އެއް ވަރެއްގައި ހިފެހެއްޓުމަށް އެހީވެދެއެެވެ. އަދި ހަަމަ އެހެންމެ، ހަށިގަނޑުގައި ކޮލެސްޓްރޮލް ހުންނަ މިންވަރު ކޮންޓްރޯލު ކޮށް، ލޭހޮޅިތަކަށް ގެއްލުންހުރި ކޮލެސްޓްރޮލް ޖަމާވުން ފަދަ ކަންކަން ހުއްޓުވައިދެއެވެ. މިކަމުގެ ސަބަބުން ހިތަށް ލޭފޯރުކޮށްދޭ ނިޒާމު ހަރުދަނާވެ، ހިތުގެ ބަލިތަކުން މީހާ ރައްކާތެރިވެއެވެ.

މީގެ އިތުރުން އަންނާރު ކާނަމަ މީހާގެ ދިފާއީ ނިޒާމުވެސް ވަރުގަދަ ވެއެވެ. އޭގައި އެކުލެވޭ ޕޮލިފީނޮލް ފަދަ މާއްދާތަކުގެ ސަބަބުން އާތުރައިޓިސް އަދި ހަކުރުބަލި ފަދަ ދިގުމުއްދަތަށް ދެމިގެންދާ ބަލިތަކުން މީހާ ރައްކާތެރިވެއެވެ. އަދި އަންނާރުގައި ހުންނަ ވިޓަމިން ސީ ގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަވެ، ބަލިތަކުން ރައްކާތެރި ވުމަށް އެހީތެރިވެދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް