ޖޭއެސްސީ ގައި އާންމުން ތަމްސީލުކުރާ މެންބަރު ކަނޑައެޅުމުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަނަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރުގެ މަގާމަށް ކުރިމަތިލެއްވި 8 ބޭފުޅުންގެ ނަން އިއްވާފައެވެ.
އެ މަޤާމަށް ކުރިމަތި ލައްވާފައިވަނީ، އިބްރާހިމް ޒާހިދާއި، އަހުމަދު އަލީ އާއި، އަލީ އާމިރާއި، އިދުރީސް ފައުޒީ އާއި، އަހުމަދު ޝާފިއު އާއި، ޑރ. ހުސައިން ފާއިޒާއި، ހަސަން ވަހީދާއި، އަލީ މުހައްމަދު މަނިކެވެ.
ޖޭއެސްސީ ގައި އާންމުން ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވައިލީ އެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީއެވެ.
ޖޭއެސްސީގައި ތިއްބަވަނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި، މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، ބަންޑާރަ ނާއިބާއި، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި، ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި، ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި، ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.

ކިޔުންތެރިންގެ ހިޔާލު