ގިނަ އަދަދެއްގެ ސިނގިރެޓް ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލާގައި ހޯކްސް ކުންފުންޏަށް ފިޔަވަޅުނޭޅި ގިނަ ދުވަސްތަކެއް ދާތީ އެކަމުގެ ކަންބޮޑުވުން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ފާޅުކޮށްފިއެވެ.
ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ހޯކްސް ކުންފުނީގެ ތެޔޮ ބޯޓެއްގައި 8،400 ސިނގިރޭޓު ކާޓަން ނުވަތަ 84،000 ސިނގިރޭޓު ފޮށި، ތިލަފުށީގައި ހުންނަ ބޯޓު ޔާޑު ޖެޓީއަށް ބާލައިގެން އެތެރެކުރި މައްސަލައެއް ފެންމަތިވީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.
އެ މައްސަލާގައި އެ ކުންފުނިން ބުނެފައިވަނީ އެކަމުގައި ކުންފުނީގެ ޝާމިލުވުމެއް ނެތްކަމަށާއި އެކަމުގައި އުޅުނު މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި މެމްބަރުން ވަނީ، ހޯކްސްއަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތައް ނުހިނގާތީ ކަންބޮޑުވެ ވާހަކަ ދައްކަވާފައެވެ. އަދި އެކަމުގައި މުއައްސަސާތަކުގެ ބައެއް ފަރާތްތަކަށް ވެސް އިނގިލި ދިއްކުރައްވާފައިވެއެވެ.
އެގޮތުން މެންބަރުންވަނީ ހޯކްސްއަށް ކުރެވުނު ސްމަގްލް ކުރުމުގެ ތުހުމަތުގެ ދައުވާގެ ކަންކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރިއަށް ނުގެންދާތީ އެކަން ފާހަގަ ކޮށްފައެވެ. ހަމަ އެގޮތަށް މަނީލޯންޑަރ ކުރުމުގެ ތުހުމަތު ކުރެވިފައިވާކަމަށް ފުލުހުން ފާހަގަކޮށްފައިވީ ނަމަވެސް، އޭގެ ދައުވާވެސް ކުރިއަށް ނުދާކަން ފާހަގަ ކޮށްފައިވެއެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފުރޫ މޫސާ ވިދާޅުވީ ހޯކްސްގެ މައްސަލަ ކޮމިޓީން ބަލަން ފެށިއިރު، ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި މިހާރުގެ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ހޯކްސް ކުންފުނީގެ ހިއްސާދާރުންގެ ގެއަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ވެސް އެބަހުރިކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، އެ މައްސަލަތައް އޮތް ހިސާބު ބަލައި އެކަމުގައި ފިޔަވަޅު އެޅުން އަވަސް ކުރުމަށް މުއައްސަސާތަކަށް މެންބަރުން ވަނީ ގޮވާލައްވާފައެވެ. އަދި އެފަދަ މައްސަލަތައް ނުބަލައި ދޫކޮށްލެވިއްޖެނަމަ އޭގެ ސަބަބުން އެފަދަ ކަންކަމަށް އިތުރަށް މަގުފަހިވެގެން ދާނެކަމަށް މެންބަރުން ފާހަގަ ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު