އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު
ފުވައްމުލަކު ސިޓީގެ މިސްކިތް މަގުގައި ހުންނަ މަސްޖިދުލް ހުދާ (ލިލީ މިސްކިތް) ގައި ކުޑަކުދިންތަކެއް ނެށި މައްސަލާގައި އެކަމުގައި ޝާމިލުވި ކުދިންނަށް ނަސޭހަތްތެރިވާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދެބުރިއަށް ހުންނަ އެ މިސްކިތުގައި ނަށާފައިވަނީ ހުކުރަށް ދިޔަ ކުދިންތަކެއް ދެވަނަ ފަންގިފިލައަށް އަރާތިބެއެވެ. އެ ކުދިން ނަށާފައިވަނީ ޓިކްޓޮކްގައި ވައިރަލް ވެފައިވާ އިންޑޮނީޝިއާގެ "ޕަކު ޖަލޫރު" ނަމަކަށް ކިޔާ ބޯޓު ރޭހެއްގައި ކުޑަކުއްޖަކު ނަށާ ނެށުމެކެވެ.

މިސްކިތުގައި ނަށާ ވީޑިއޯ އާންމުވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތްތަކަކީ ﷲ އަށް އަޅުކަން ކުރުމަށާއި އެކަލާނގެއަށް ޒިކުރު ކުރުމަށް ބިންމަތީގައި ލެއްވިގެންވާ މާތް ބިނާތަކަށް ވާއިރު އެތަންތަނުގައި ނަށައި، އެތަންތަނާ ނުގުޅޭ ކަންކަން ކުރުމަކީ ހެޔޮވެގެންވާނެ ކަންކަން ނޫން ކަމަށެވެ.

އެހެންކަމުން އެ ކުދިންނަށް މިނިސްޓްރީން ނަސޭހަތްތެރިވާނެކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.

މިފަދަ ވީޑިއޯއެއް އާންމުވެފައިވާއިރު މީގެ ކުރިން ރ. މީދޫގައި ހުންނަ އާސާރީ މިސްކިތެއްގައި އަންހެނަކު ބަނޑިޔާ ހިފައިގެން ނެށި މައްސަލައެއްވެސް މިދިޔަ އަހަރު ފެންމަތިވިއެވެ.



ކިޔުންތެރިންގެ ހިޔާލު