ރައްޔިތުންގެ ހިޔާލު ހޯދާ ވޯޓުތަކުގެ ކެމްޕޭނަށް 90 ދުވަސް މަދު ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލަށް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ. އެގޮތުން ޑރ. ޝަމްހީދު ވިދާޅުވީ، ދެ އިންތިހާބު އެއްކޮށް ބޭއްވުންފަދަ މުހިންމު ކަންކަން ނިންމުމަށް ވޯޓެއް ނެގުމުގެ ކެމްޕޭނަށް ލިބޭ މުއްދަތު 90 ދުވަހަށްވުރެ އިތުރު ވާންޖެހޭނެ ކަމަށެވެ.
“ބައެއް ބޭފުޅުން އެބަ ވިދާޅުވޭ ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދިނުމާއި މިކަހަލަ ކަންތައްތަކެއްގެ ވާހަކަ. މި ކަންތައްތަކުގައި ކެމްޕޭނު ކުރުމުގެ ފުރުސަތު ދީފައި މިއޮތީ 45 ދުވަހާއި 90 ދުވަހާ ދޭތެރޭގައި. މިއީ މުޅި ރާއްޖެ ކަހަލަ ގައުމެއްގައި ތިން މަސްދުވަހަކީ މާ މަދު ދުވަސްތަކެއް.” ޑރ. ޝަމްހީދު ވިދާޅުވެފައިވެއެވެ.
ޑރ. ޝަމްހީދު މިހެން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ބިލުގައި ބުނެފައިވަނީ، ވޯޓު ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަސް ހޭދަވާން ޖެހޭނެ ކަމަށާއި، އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަަކަށް ވެސް ބައިވެރިވެވޭ މި ވޯޓު ކުރިއަށް ގެންދަން ޖެހެނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށެވެ.
ރައްޔިތުންގެ ވޯޓަށް އަހަން މަޖިލީހުން ނުވަތަ ރައިސް ނިންމަވާ ހާލަތްތަކުގައި ގަރާރެއް ނެރެންޖެހޭއިރު އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓަށް ނެގުމަށް ކަނޑައެޅިދާނެ ކަމަށް ވެސް ބިލްގައި ވެއެވެ. އަދި މިފަދަ ގަރާރެއް އަނބުރާ ގެންދެވޭނީ ވޯޓު ނެގުމުގެ ތާރީހު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުގެ ކުރިންނެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެހުމުގެ ބިލުގައި، ވޯޓަށް އަހަންޖެހޭ ކަންކަމުގެ ތެރޭގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބަށް އިސްލާހު ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި، ރިޔާސަތުގެ ދައުރާއި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި، ރައީސް ބިލްތައް ތަސްދީގުކުރުމާއި، ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު