ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ހަމަތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ގާނޫނުއަސާސީގެ އަސާސީ ޙައްޤުތަކާއި މިނިވަން ކަމުގެ ބާބާއި، އިންތިހާބީ ހަމަތައް ބަޔާންކުރާ ބާބަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވިސްނަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހެވެ.
މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި އެ ބިލު ބަލައިގަންނަން ފާސްކުރީ ވޯޓުގައި ބައިވެރިވި 62 މެންބަރުންގެ ވޯޓުންނެވެ. އަދި އެ ބިލު އިތުރަށް ދިރާސާކުރުމަށް ފޮނުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ބިލުގައި ބުނެފައިވަނީ، ވޯޓު ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަސް ހޭދަވާން ޖެހޭނެ ކަމަށާއި، އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަަކަށް ވެސް ބައިވެރިވެވޭ މި ވޯޓު ކުރިއަށް ގެންދަން ޖެހެނީ ސިއްރު ވޯޓެއްގެ ގޮތުގައި ކަމަށެވެ.
ރައްޔިތުންގެ ވޯޓަށް އަހަން މަޖިލީހުން ނުވަތަ ރައިސް ނިންމަވާ ހާލަތްތަކުގައި ގަރާރެއް ނެރެންޖެހޭއިރު އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާ ގުޅޭގޮތުން ވޯޓަށް ނެގުމަށް ކަނޑައެޅިދާނެ ކަމަށް ވެސް ބިލްގައި ވެއެވެ. އަދި މިފަދަ ގަރާރެއް އަނބުރާ ގެންދެވޭނީ ވޯޓު ނެގުމުގެ ތާރީހު އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރުމުގެ ކުރިންނެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެހުމުގެ ބިލުގައި، ވޯޓަށް އަހަންޖެހޭ ކަންކަމުގެ ތެރޭގައި ބަޔާންކޮށްފައި ވަނީ ގާނޫނުއަސާސީގައި އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބަށް އިސްލާހު ގެނައުމާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރާ ގުޅޭ ބަދަލުތަކާއި، ރިޔާސަތުގެ ދައުރާއި، ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތާއި، ރައީސް ބިލްތައް ތަސްދީގުކުރުމާއި، ރާއްޖޭގެ ސަރަަހައްދާ ގުޅޭ ކަންކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު