އައްޑޫ ސިޓީ ހުޅުމީދޫގައި ކުރީގެ ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
މި މައްސަލައިގެ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ފުލުސް މީހާއަށް ހަމަލާ ދިނީ ހަތް މީހުންގެ ގްރޫޕަކުންކަން އެނގެއެވެ.
ފުލުހުން ބުނީ އައްޑޫ ހުޅުމީދޫގައި ބަޔަކު މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއް ރޭ ލިބިފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އެ މީހާ އަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް، ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި ޒަހަމްވީ ކުރީގެ ފުލުހަކަށް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް އަދި އެނގިފައެއް ނުވެއެވެ.
އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު