ފަލަސްތީނުގެ މުސްލިމުން އެ މީހުންގެ ވަޒަނުން ބޭރުކުރަން ކުރާ މަސައްކަތް ފެއިލްވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފަލަސްތީނުގެ އެއްވެސް ސަރަހައްދަކުން އެގައުމުގެ ރައްޔިތުން ބޭރުކޮށްލުމުގެ ޕްލޭން ވާނީ ފެއިލް ކަމަށާއި އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމު ނިމުމަކަށް ގެނެސް ސުލްހައިގެ މަގު އިހުތިޔާރުކުރަންޖެހޭ ކަމަށެވެ.
އަދި ފަލަސްތީނުގެ މައްސަލާގައި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކޮންމެހެން ވެސް ސުލްހަ ބޭނުންވާ ކަމަށް ނަޝީދުގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ނަޝީދު މިހެން ގޮވާލައްވާފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންވެސް ދަނީ މިކަމަށް ގޮވާލަމުންނެވެ. ނަމަވެސް، އެމެރިކާގެ ވާގިވެރިކަމާ އެކު އިސްރާއީލުން އަދިވެސް ދަނީ ހުއްޓުމެއްނެތި ކޮންމެ ދުވަހަކު ފަލަސްތީނަށް ހަމަލާދީ އެތައް މުސްލިމުންނެއް މަރަމުންނެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 57،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 130،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

Any strategy of displacing the Palestinian people from any part of Palestine is bound to fail. Israel must end the genocide & war & come to peace. A just & lasting solution requires dignity, rights & peace for all. #PeaceForPalestine #TwoStateSolution
— Mohamed Nasheed (@MohamedNasheed) July 9, 2025
ނަޝީދު މިހެން ގޮވާލައްވާފައިވާއިރު ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިންވެސް ދަނީ މިކަމަށް ގޮވާލަމުންނެވެ. ނަމަވެސް، އެމެރިކާގެ ވާގިވެރިކަމާ އެކު އިސްރާއީލުން އަދިވެސް ދަނީ ހުއްޓުމެއްނެތި ކޮންމެ ދުވަހަކު ފަލަސްތީނަށް ހަމަލާދީ އެތައް މުސްލިމުންނެއް މަރަމުންނެވެ.
އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 57،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 130،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު