އޮމަދޫ ކައުންސިލްގެ އިދާރާ
އޮމަދޫ ކައުންސިލްގެ އިދާރާ
އަތޮޅު ކައުންސިލަކާއި 28 ރަށު ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މީހުން ހޯދުމަށް ސިވިލް ސާވިސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

ސީއެސްސީން ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ މަގާމުގެ މުސާރަ އާއި އެގްޒެކްޓިވް އެލަވަންސް ދޭނީ ދެ ރޭންކަށް ކަމަށެވެ. އެގޮތުން ފުރަތަމަ ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6800 ރުފިޔާ ލިބޭނެއެވެ. ދެވަނަ ދަރަޖައަށް މުސާރައިގެ ގޮތުގައި މަހަކު 8835 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 6450 ރުފިޔާ ލިބޭނެއެވެ.

ސީއެސްސީން ކުރި އިއުލާނުގައި ވާގޮތުން ސެކްރެޓަރީ ޖެނެރަލެއް ބޭނުންވަނީ މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. އަތޮޅު ކައުންސިލު އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މުސާރައަކީ މަހަކު 12130ރުފިޔާއެވެ. އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 8870 ރުފިޔާ ލިބޭނެއެވެ. އަދި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 އިންސައްތަ ލިބޭނެއެވެ.

މި މަގާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ.



ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ދަށުން ކައުންސިލް އިދާރާތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ އިތުރުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު