މި އަހަރުގެ މިހާތަނަށް ރާއްޖޭގެ ލޯކަލް ކައުންސިލްތަކަށް ސަރުކާރުން ދޭ ހިލޭ އެހީ ނުވަތަ "ބްލޮކް ގްރާންޓް" ގެ ގޮތުގައި 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މާލީ ވުޒާރާއިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ޖުމްލަ 2 ބިލިއަން ރުފިޔާ ވަނީ ދޫކޮށް ނިންމައިފައެވެ. މިއީ ވޭތުވެދިޔަ 2023 ވަނަ އަހަރުގެ މި މުއްދަތުގައި ދޫކުރި 1.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 17 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެކުލަވައިލި މި އަހަރުގެ ދައުލަތުގެ ބަޖެޓުގައެވެ. އެގޮތުން، މި ހިނގާ އަހަރުގެ ބަޖެޓުގައި ބްލޮކް ގްރާންޓުގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މީގެއިތުރުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މި އަދަދު 2.5 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ސަރުކާރުން ވަނީ ހިމަނައިފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާ ބަޖެޓުކޮށް، އަހަރު ނިމުނުއިރު ބަޖެޓަށްވުރެ އިތުރަށް 8 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހާއެކު، 2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ އާމްދަނީއަށް ބިނާކޮށް އެކުލަވައިލާ ޚާއްސަ ފޯމިއުލާއެއްގެ ދަށުން ކައުންސިލްތަކަށް ފައިސާ ދޫކުރަމުން އަންނައިރު، މީގެ ތެރެއިން އެންމެ ބޮޑު ބައެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ކުރެވެނީ ވެރިރަށް މާލޭ ސިޓީ ކައުންސިލަށެވެ.
ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަވަސްކުރުމުގެ މަޤްޞަދުގައި ސަރުކާރުން މިހާރު ވަނީ މި ނިޒާމަށް އިތުރު ބަދަލުތަކެއް ގެނައުމަށް ނިންމައިފައެވެ. އެގޮތުން، އަތޮޅު ކައުންސިލްތައް އުވާލުމަށް ނިންމާފައިވާ ނިންމުމާއެކު، ކުރިއަށް އޮތްތަނުގައި ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓުގެ އިންސައްތަ ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މީގެއިތުރުން، ކުރިން ފައިސާ ކަނޑައަޅަމުން އައި ގޮތް ބަދަލުކޮށް، ހަމައެކަނި އާބާދީގެ މައްޗަށް ބިނާކުރުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ވެސް ރިއާޔަތްކޮށްގެން ފައިސާ ދޫކުރާ އުސޫލެއް ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަރުކާރުގެ މި ނިންމުމަކީ ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ބާރަށް އަދި ފުރިހަމަކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ މާލީ މިނިވަންކަމާއި ތަނަވަސްކަން އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު