ސޮވެރިން ޑިވެލޮޕްމެންޓް ފަންޑަށް 60 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އުފެއްދެވި ސޮވަރިން ޑިވޮލޮޕްމަންޓް ފަންޑަށް ޖަމާކުރަނީ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ އާއި ކްރޮސް ސަބްސިޑީގެ ގޮތުގައި ޕްރޮޖެކްޓުތަކަށް ވަންނަ ފައިސާ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ޖޫން 26 ވަނަ ދުވަހުގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް 60 އިންސައްތަ އިތުރުވެފައިވެއެވެ. އެއާއެކު، މިހާރު އެސްޑީއެފްގައި ޖަމާކޮށްފައިހުރި ޖުމުލަ ވަނީ 65 މިލިއަން ޑޮލަރަށް އަރާފައެވެ.
މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރެކޯޑް ކުރެވުނު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މި ކުރިއެރުމުގެ ސަބަބުން ރާއްޖޭގެ ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ ނިޔަލަށް އެ ފަންޑަށް 150 މިލިއަނަށްވުރެ ގިނަ ޑޮލަރު ޖަމާވެފައިވެއެވެ. ނަމަވެސް ކޮވިޑް-19ގެ ދަތިކަމުގެ ތެރޭގައި އޭރުގެ ވެރިކަމުގައި މި ޑޮލަރުގެ ރިޒާވްތައް ރުފިޔާއަށް ބަދަލުކުރި ކަމަށް އައިއެމްއެފްގެ 2021 ވަނަ އަހަރުގެ ރިޕޯޓެއްގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު