ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީސް" އިން ރާއްޖޭގެ ރޭޓިން މަތިކުރުމުން ހާމަވެގެން ދިޔައީ، ވާދަވެރި އެމްޑީޕީން މި ޤައުމު ދަރުވާލަން ޖަހާފައިވާ މަޅިތަކުން ސަލާމަތްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް ކާމިޔާބުވަމުންދާކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ އިއްޔެ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ މާލީ ޙާލަތާ ގުޅޭގޮތުން ކުރީގެ ރައީސުންނާއި ވާދަވެރި އިދިކޮޅު ފަރާތްތަކުން ރައީސް ޑރ. މުޢިއްޒުގެ މާލީ ސިޔާސަތާ ގުޅުވައިގެން ދިވެހި ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރަމުން ދިޔައީ ހަޤީޤަތާ ޚިލާފު، ދެކޮޅު ނުޖެހޭ ދޮގު ވާހަކަތަކެއްކަން މިއަދު ސާބިތުވެއްޖެ ކަމަށެވެ. އަދި މޫޑީސްގެ މި ނިންމުމަކީ މި ސަރުކާރުގެ މާލީ ސިޔާސަތުގެ ފުރިހަމަކަން ހާމަކޮށްދިން ހެއްކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކޮށް، މޫޑީސް އިން ވަނީ ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 'ސީ.އޭ.އޭ-2' އިން 'ސީ.އޭ.އޭ-1' އަށް އިއްޔެ މަތިކޮށްފައެވެ.
މޫޑީސް އިން މި ރޭޓިން މަތިކޮށްފައިވަނީ ފާއިތުވި މުއްދަތުގައި ދައުލަތުން އަދާކުރި ބޮޑެތި ދަރަނިތަކަކަށް ފަހުގައެވެ. އެގޮތުން 2026 ވަނަ އަހަރުގެ އެޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކާ ޚަލާޞްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދެއްކުން ހިމެނެއެވެ. މީގެއިތުރުން، އެ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ދައްކާފައިވާއިރު، 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑް އަނބުރާ ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް އިތުރުކުރެވުމަކީ ވެސް ދަރަނި ދެއްކުމަށް އޮތް ބުރަ ބޮޑުތަނުން ލުއިވެގެންދިޔަ ކަމެކެވެ.
މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފިނޭންސުން ބުނީ، ބޮޑެތި ދަރަނިތައް ދެއްކުމާއި މާލީ ރައްކާތެރިކަން ވަރުގަދަކުރުމުގެ ސަބަބުން، ރާއްޖެއިން ދަރަނި ނުދެއްކިދާނެ ކަމަށް އޮތް ނުރައްކާ މިހާރު ވަރަށް ބޮޑަށް ކުޑަކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިޤްތިޞާދީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ދައުލަތުގެ މާލީ ޙާލަތު އިތުރަށް ބަދަހިކުރުމުގައި މި ހޯދި ކުރިއެރުން ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒު ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު