ދައުލަތުގެ ބޮޑެތި ދަރަނިތައް އަދާކުރުމަށާއި މާލީ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކޮށް، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން މަތިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން ބުނީ، މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކުރުމަށް ނިންމީ ކައިރި މުސްތަގުބަލެއްގައި ރާއްޖެއިން ދަރަނި ނުދެއްކިދާނެކަމުގެ ބިރު ބޮޑުތަނުން ކުޑަވެފައިވާ ކަމަށް އެ އިދާރާގެ ދިރާސާތަކުން ދެއްކުމާ ގުޅިގެންނެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލީ ހާލަތު ރަނގަޅުކުރުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ރަނގަޅުކަން ވެސް މޫޑީޒްއިން ފާހަގަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި ރޭޓިން މަތިކޮށްފައިވަނީ ފާއިތުވި މުއްދަތުގައި ދައުލަތުން އަދާކުރި ބޮޑެތި ދަރަނިތަކަކަށް ފަހުގައެވެ. އެގޮތުން 2026 ވަނަ އަހަރުގެ އެޕްރީލް މަހު ދައްކަންޖެހުނު 500 މިލިއަން ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކާ ހަލާސްކުރުމާއި، 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއަށް ފައިސާ ދެއްކުން ހިމެނެއެވެ. މީގެއިތުރުން، އެ އަހަރުގެ މެއި އަދި ސެޕްޓެމްބަރު މަހު ޖުމްލަ 100 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ދައްކާފައިވާއިރު، 100 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑް އަނބުރާ ދެއްކުމުގެ މުއްދަތު 2031 ވަނަ އަހަރަށް އިތުރުކުރެވުމަކީ ވެސް ދަރަނި ދެއްކުމަށް އޮތް ބުރަ ބޮޑުތަނުން ލުއިވެގެންދިޔަ ކަމެކެވެ.
މި މާލީ އިލްތިޒާމްތައް ފުރިހަމަކުރުމަކީ ދައުލަތުގެ މާލީ ކަންކަން ހަމަމަގަށް އެޅުވުމުގައި ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއެކެވެ. އަދި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމާއި، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ފައިސާ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ކްރެޑިޓް ރޭޓިން ރަނގަޅުވުމަށް ބޮޑު މަގުފަހިވުމެއް ލިބުނެވެ.
ހަމައެއާއެކު، ރާއްޖޭގެ ބޭރުގެ މާލީ ހާލަތު ހަރުދަނާކުރުމަށްޓަކައި 2024 ވަނަ އަހަރު ތައާރަފުކޮށް 2026 ގައި އިތުރަށް ފުޅާކުރި ބޭރު ފައިސާގެ ސިޔާސަތުތަކުގެ ސަބަބުން، ގައުމަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ރަސްމީ ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ. މީގެއިތުރުން، ރާއްޖޭގެ ތަރައްގީގެ ބައިވެރިންގެ ފަރާތުން ވެސް މި މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައެވެ. އެގޮތުން ވޯލްޑް ބޭންކުން 40 މިލިއަން ޑޮލަރު، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން 50 މިލިއަން ޑޮލަރު އަދި އޯޕެކް ފަންޑުން 40 މިލިއަން ޑޮލަރާއެކު، ޖުމްލަ 130 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ސަރުކާރުން ވަނީ ހޯދާފައެވެ.
މި ހަރުދަނާ ސިޔާސަތުތަކުގެ ނަތީޖާ ދައުލަތުގެ ދަރަނީގެ ހިސާބުތަކުން ވެސް ސާފުކޮށް ފެންނަން އެބައޮތެވެ. އެގޮތުން 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 129.2 އިންސައްތައިގައި ހުރި ނަމަވެސް، 2026 ޖުލައި މަހުގެ ނިޔަލަށް އެ ނިސްބަތް ވަނީ 122.6 އިންސައްތައަށް ދަށްކުރެވިފައެވެ.
މި ހުރިހާ ކާމިޔާބީތަކެއް ހާސިލްކުރެވިފައިވަނީ ދުނިޔޭގެ އިގްތިސާދީ ގޮންޖެހުންތަކާއި، ހާއްސަކޮށް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގު އުފުލުން ފަދަ ދަތި ހާލަތްތަކުގެ ތެރޭގައެވެ. މިފަދަ ހާލަތެއްގައި ވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި، އިގްތިސާދީ ހަރަކާތްތަކަށް މަގުފަހިކޮށްދީ، ދައުލަތުގެ ހަރަދުތައް ބަޖެޓުގެ ތެރޭގައި ހިފެހެއްޓުމަށް ސަރުކާރުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ބޮޑެތި ދަރަނިތައް ދެއްކުމާއި މާލީ ރައްކާތެރިކަން ވަރުގަދަކުރުމުގެ ސަބަބުން ދަރަނި ނުދެއްކުމުގެ ނުރައްކާ މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އިގްތިސާދީ ދެމެހެއްޓެނިވިކަން ކަށަވަރުކޮށް، ދައުލަތުގެ މާލީ ހާލަތު އިތުރަށް ބަދަހިކުރުމުގައި މި ހޯދި ކުރިއެރުން ދެމެހެއްޓުމަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒެވެ.

ކިޔުންތެރިންގެ ހިޔާލު