ގެދޮރުވެރިޔާ ސްކީމުގެ ފުލެޓްތައް ލިބިފައިވާ ފަރާތްތަކުގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ މިނިސްޓްރީން ފޮނުވާ ސިޓީގައި ހުރީ ސައްހަނޫން މައުލޫމާތު ކަމަށް ޤާނޫނީ ވަކީލު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ފަހި ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކީ ކުރީ ސަރުކާރުން ދީފައިވާ އެއްވެސް ފްލެޓަކާއި އެއްވެސް ބިމެއް އަތު ނުލެއްވުން ކަމަށެވެ. ނަމަވެސް ފެންނަމުން ދަނީ އެހެން މަންޒަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ 600 ފުލެޓް އަތުލައި އެ ފުލެޓް އެހެން ބަޔަކަށް ދިނުމަށް ކަމަށް ޢަލީ ޙުސައިން ތުހުމަތު ކުރެއްވިއެވެ.
“ދެ ލައްކަ. ފުރަތަމަ ފަންސާސް ހާސް ދިނީމާ ތިމަންނަމެން ރަޖިސްޓްރޭޝަނަށް ވަކި ލިސްޓަށް އަރުވާނަމޭ. ދެން ބާކީ ފައިސާ ފްލެޓް ހަވާލުކޮށް ދިނީމާ. މި ބާވަތުގެ ވާހަކަތައް ރައްޔިތުން ދައްކަނީ ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އޭގައި އެކުލެވޭތީ.” ޢަލީ ޙުސައިން ވިދާޅުވިއެވެ.
ހަމައެއާއެކު މާލޭގައި 15 އަހަރު ދިރިނޫޅޭތީ ފްލެޓް ނުލިބޭނެ ކަމަށް ބުނެ މިނިސްޓްރީން ބައެއް މީހުންނަށް ސިޓީ ފޮނުވާފައިވާ ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ. އެކަމުގެ ތަފްސީލު ދެއްވަމުން ޢަލީ ހުސެއިން ވިދާޅުވީ ފްލެޓް ލިބޭނެކަން އަންގާފައިވާ މާލޭ ސްކޫލެއްގެ ޓީޗަރަކު ތ. އަތޮޅުގެ ސްކޫލެއްގައި 2012 ވަަނަ އަހަރުން ފެށިގެން 2017 އާ ހަމައަށް މަސައްކަތްކުރި ކަމަށް މިނިސްޓްރީން ސިޓީ ފޮނުވައިފައި ވާކަމަށެވެ.
ނަމަވެސް ދަޢުލަތުގެ އިދާރާތަކަށް ހުށައަޅައިގެން ފަހުން ސާފުކުރުމުން މިނިސްޓްރީން ފޮނުވި ސިޓީއަކީ އަސްލެއްނެތް ވަގު ސިޓީއެއްކަން ކަށަވަރު ވެފައިވާ ކަމަށް އޭނާ މިއަދު ވިދާޅުވިއެވެ. އަދި އެފަދަ މައްސަލައެއް އުމުރުން 13 އަހަރުން ފެށިގެން މާލޭގައި ދިރިއުޅެމުން އަންނަ ނަރުހަކަށް ވެސް ދިމާވެފައިވާ ކަމަށް ޢަލީ ވިދާޅުވިއެވެ.
“ތި އައިޑީކާޑުގައި އޮތް މީހަކު ނެތޭ ސްކޫލުގައި މަސައްކަތް ކޮށްފައި. ޕެންޝަން އޮފީހުން ވެސް އެބަ ބުނޭ ނޫނެކޭ ފައިސާ ދިން ކަމަށް ނުދައްކައޭ. އެކަށީގެންވާ ވަރަށް ނުބަލާ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށް ސިޓީ ފޮނުވަނީ.” ޢަލީ ޙުސައިން ވިދާޅުވިއެވެ.
ޢަލީ މިއަދު ވިދާޅުވީ، ޖޫން މަހުގެ ޢީދު ބަންދުގެ ފަހުން ފްލެޓް ހަވާލުކުރާ އެގްރީމަންޓްގައި ސޮއިކޮށް ނިންމަވާނެ ކަމަށް ހައުސިން މިނިސްޓަރ ވިދާޅުވި ނަމަވެސް މިހާތަނަށް އެކަން ކުރިއަށް ގޮސްފައި ނުވާކަމަށެވެ.
އަދި މިނިސްޓްރީގެ ތެރެއިން މިނިސްޓަރާ ދެކޮޅަށް ބަޔަކު މަސައްކަތް ކުރާކަމަށް ބެލެވޭ ކަމަށްވެސް ޢަލީ ވަނީ ވިދާޅުވެފައެވެ.
ޢަލީ މިހެން ވިދާޅުވެފައިވާއިރު، ގެދޮރުވެރިޔާ ސްކީމާއި، ބިންވެރިޔާ ސްކީމާ ގުޅިގެން މިނިސްޓްރީން ނިންމާ ގިނަ ނިންމުންތައް މިނިސްޓަރ މުއްޠަލިބު ގެންދަވަނީ ބަދަލު ކުރަށްވަމުންކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު