ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޗެއާމަނުންނަށް އައްޔަންކުރާ ބޭފުޅުންގެ ތައުލީމީ ފެންވަރު މާސްޓާސް ޑިގްރީގެ ފެންވަރުގައި ހުންނަން ޖެހޭނެ ކަމަށް ޝަރުތުކުރަން ހިމަނައި، ޗެއާމަނުންނަށް އައްޔަންކުރުމުގައި ބަލާނެ މިންގަނޑު އިސްލާހުކުރުމަށް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު، ޕީސީބީން ނިންމައިފިއެވެ.
ޕީސީބީން މިއަދު ނެރުނު ސާކިއުލާގައި ބުނީ ކުންފުނިތަކަށް ޗެއާމަނުން އައްޔަންކުރުމާ ގުޅޭ އުސޫލަށް ބަދަލު ގެންނަން ނިންމީ ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަންކުރެވޭ ފަރާތްތަކަކީ ކަމަށް އެންމެ އެކަށީގެންވާ ފަރާތްތަކެއް ކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ.
މި ސާކިއުލާ އާ އެއްކޮށް، ގާނޫނަށް ގެންނަން ނިންމި އިސްލާހު ވެސް ވަނީ އެ ބޯޑުގެ ރަސްމީ އެކައުންޓުގައި ހިއްސާ ކޮށްފައެވެ.
މިހާރު އޮންނަ އުސޫލުގައިވާ ގޮތުންނަމަ ޗެއާމަނުން އައްޔަނު ކުރުމުގައި ބަލާ ކަންކަމުގެ ތެރޭގައި ހިމެނެނީ ތަފާތު ވިސްނުންތަކާއި ތަޖުރިބާ އާއި ގާބިލިއްޔަތުކަން ހުރުމާއި، ޑިރެކްޓަރުންގެ ބޯޑެއް ހިންގުމުގެ ގާބިލިއްޔަތުކަން ހުރުމާއެކު ކުންފުނީގެ ކަންތައްތައް ރާވައި ބައްޓަންކުރުމުގައި ހިއްސާކުރެވޭނެ މީހަކު ކަމަށް ވުމާއި، ޕީސީބީގެ އިންޓަވިއުއިން މަދުވެގެން 60 ޕަސެންޓު ލިބުމެވެ. އެހެންނަމަވެސް މިހާރުގެ އިސްލާހުގައި މިކަންތައް ވަނީ އިހުތިޔާރީ ޝަރުތެއްގެ ގޮތުގައި ހިމަނާފައެވެ.
މިހާރުގެ ގެންނަން ނިންމި އިސްލާހުގައި އެންމެ ބޮޑު އިސްކަމެއް ދެނީ މާސްޓާސް ޑިގްރީއަށް ކިޔަވާފައި ވުމެވެ.
އެގޮތުން ކުންފުނިތަކުގެ ޗެއާމަނުންނަށް އައްޔަންކުރެވޭ މީހަކީ މާސްޓާސް ފެންވަރަށް ކިޔަވައިގެން ހުރި މީހެއް ކަމަށް ވެފައި، ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ފަސް އަހަރުގެ ތަޖުރިބާއެއް ލިބިފައިވާ މީހެއް ކަމުގައިވުން، ނުވަތަ ވިޔަފާރި ހިންގައި ބެލެހެއްޓުމުގެ ދާއިރާއިން ނުވަތަ ހިންގުމުގެ އެންމެ މަތީ ލެވެލްގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވުން ޝަރުތުތަކެއްގެ ގޮތުގައި ހިމަނައިފައި ވެއެވެ.
ޕީސީބީން ބުނީ، ޗެއާމަނުން އައްޔަންކުރާ އުސޫލު އިސްލާހުކުރަން ފާސްކުރީ އިއްޔެ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި، ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރު ތަމްސީލުކުރާ ފަރާތްތައް ޢައްޔަންކުރުމާއި ވަކިކުރުމުގައި ޕީސީބީގެ ބޯޑުން ޢަމަލުކުރާނެ ގޮތުގެ އުސޫލަށް ގެނެވެނު 4 ވަނަ އިސްލާޙާއި ގުޅޭ. pic.twitter.com/u7oFLlEuSN
— Privatization & Corporatization Board (@pcb_gov) July 10, 2025
ޕީސީބީން ބުނީ، ޗެއާމަނުން އައްޔަންކުރާ އުސޫލު އިސްލާހުކުރަން ފާސްކުރީ އިއްޔެ ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު